މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި އޮޑިޝަން އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ހަވީރު 4:00 އިން 6:00 އަށެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
އޮޑިޝަނަށް ހާޒިރުވާ ފަރާތްތަކުން 3:45 އަށް އިސްލާމީ މަރުކަޒަށް ހާޒިރުވުމަށް މިނިސްޓްރީން އަންގާފައިވެއެވެ. އަދި ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މުބާރާތުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ