ads
އީރާނު ފުލުހުން: ފޮޓޯ ޕީބީއެސް
އިރާނު ފުލުހުން ހޮސްޕިޓަލަކަށް ވަދެގަނެ ކަރުނަގޭސް ޖަހައިފި
އިރާނުގެ ހުޅަނގުގެ ސަރަހައްދެއްގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، އެ ސަރަހައްދުގެ ހޮސްޕިޓަލަކަށް ފުލުހުން ވަދެގަނެ ކަރުނަގޭސް ޖަހައިފިއެވެ.
Advertisement

މިއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ހިންގި ނުރައްކާތެރި އަމަލެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސެކިއުރިޓީ ފޯސްތަކުން ހޮސްޕިޓަލަށް ވަދެގަތީ މުޒާހަރާތަކުގައި ޒަހަމްވެގެން ފަރުވާ ހޯދަމުންދިޔަ މީހުން ހޯދައި ހައްޔަރުކުރުމަށެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ފުލުހުން ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން، ހޮސްޕިޓަލުގައި ތިބި އެހެން ބަލިމީހުންނަށާއި ޑޮކްޓަރުންނަށް ނޭވާލާން ދަތިވެ، ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.

މި ސަރަހައްދުގައި މުޒާހަރާތައް ފެށުނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދެކޮޅަށް އާންމުން ނުކުތުމުންނެވެ. މުޒާހަރާގެ ބައިވެރިން ރޫޅާލުމަށްޓަކައި ފުލުހުން ގެންދަނީ ބާރުގެ ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި ކަރުނަގޭހާއި ރަބަރު އުންޑަ ބޭނުންކުރާ ކަމަށާއި، ޒަހަމްވާ މީހުންނަށް ފަރުވާ ދިނުމަށް ސިއްހީ ހިދުމަތްދޭ ތަންތަނަށް ހުރަސްއަޅަމުންދާ ކަމުގެ ޝަކުވާތައް ވެސް ވަނީ ފެންމަތިވެފައެވެ.

އިރާނުގެ ހުޅަނގުގެ ސިޓީތަކުގައި ހާލަތު ގޯސްވަމުންދާތީ އިންޓަނޭޝަނަލް ޖަމިއްޔާތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހޮސްޕިޓަލްތަކަކީ ހަނގުރާމަ އާއި ހަމަނުޖެހުންތަކުގައި ވެސް ރައްކާތެރިކަން ލިބެންޖެހޭ ތަންތަން ކަމުގައިވީ ނަމަވެސް، އެ ތަންތަނަށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އިރާނު ސަރުކާރުން ތުހުމަތުކުރާ ގޮތުގައި މި މުޒާހަރާތަކަކީ ގައުމުގެ ހަމަޖެހުން ނަގާލަން ބޭރުން ރާވައިގެން ހިންގާ އަމަލުތަކެކެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް