ބުރުނީ ކައުންސިލް މެންބަރެއް ބައެއް ގުރޫޕްތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މޫދުން ކިނބުލެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވަނީ މިރޭ ކަމަށެވެ.
ބުރުންޏަކީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ކިބޫ ފެނިފައިވާ ރަށެކެވެ. އެރަށުން އެންމެ ފުރަތަމަ ކިބުލެއް ފެނުނީ 1985 ވަަނަ އަހަރުއެވެ. އެރު ބުރުންޏަށް އެރި ކިނބުލުގެ ދިގު މިނުގައި 10 ފޫޓު ހުއްޓެވެ. ފުޅާ މިނުގައި 1 ފޫޓު 6 އިންޗި ހުއްޓެވެ. އަދި އެ ކިބުލުގެ ކޮންމެ ދަތެއްގައި ވެސް ދޮޅު އިންޗި ހުރިކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ފަހުން ހަމަ އެ އަހަރު ކުޑަ ކިބުލެއްވެސް އެ ރަށުން ފެނުނެވެ.
ތ. އަތޮޅުގެ އެކި ސަރަހައްދުތަކުންވެސް މީގެ ކުރިން ކިނބޫ ފެނިފައިވެއެވެ.