ads
ރައީސް ޑރ. މުއިއްޒަށް އެސްޓޯނިއާގެ ޓާރްޓޫގެ މޭޔަރު އަރްމަސް ކްލާސް ދެއްވި ފަރިއްކޮޅެއްގެ ތެރެއިން
ރާއްޖޭގެ "ފްލޯޓިން ސިޓީ" މަޝްރޫއަށް އެސްޓޯނިއާގެ ޝައުގުވެރިވެއްޖެ
ރާއްޖޭގެ "ފްލޯޓިން ސިޓީ" މަޝްރޫއާމެދު އެސްޓޯނިއާއިން ޝައުޤުވެރިކަން ފާޅުކޮށްފި އެވެ.
Advertisement

އެސްޓޯނިއާއިން މިކަން ހާމަކުރީ އެގައުމަށް ރައީސް ޑރ. މުހައްމަދު މުިއއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓާރްޓޫގެ މޭޔަރު އަރްމަސް ކްލާސް ދެއްވި ފަރިއްކޮޅެއްގައި ކުރެއްވި މަޝްވަރާގައެވެ. 

މި ފަރިއްކޮޅުގައި އެސްޓޯނިއާގެ ޔުނިވާސިޓީ އޮފް ޓާރްޓޫގެ ރެކްޓާ ޓޫމަސް އައްސެރް އާއި އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމްގެ ޑިރެކްޓާ ޑރ ކޭޓޫ ސަކްސް އާއި އެސްޓޯނިއަން ބަޔޯބޭންކްގެ ހެޑް އަދި ޔުނިވާސިޓީ އޮފް ޓާރްޓޫގެ އިންސްޓިޓިއުޓް އޮފް މޮލިކިއުލާ އެންޑް ސެލް ބަޔޮލޮޖީގެ ޕްރޮފެސާ ލިލީ މިލާނީ އާއި، ޓާރްޓޫ ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތްކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ފަރިއްކޮޅުގައި ދެ ގައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، އެކުގައި މަސައްކަތްކުރެވޭނޭ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ރާއްޖެ އާއި އެސްޓޯނިއާ އާ ގުޅޭ ތަފްސީލުތައް ބައިވެރިން ހިއްސާކުރިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޓާރްޓޫގެ މޭޔަރު އަރްމަސް ކްލާސް އާއި ފަރިއްކޮޅުގެ ބައިވެރިން، ދިވެހިރާއްޖޭގެ "ފްލޯޓިންގ ސިޓީ" މަޝްރޫއާމެދު ޝައުޤުވެރިކަން ފާޅުކުރެއްވުމުން ރައީސް ޑރ. މުއިއްޒުވަނީ، އެ މަޝްރޫއު ފަރުމާކުރައްވާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމާއި، އޭގެ ސަބަބުން ދިވެހިންނަށް ލިބޭނެ ފައިދާ އާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އާބަން ތަރައްޤީގެ ނަމޫނާއެއްގެ ގޮތުގައި އެ ސިޓީ ވެގެންދިއުމަށް އޮތް ފުރުސަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައިކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

އެސްޓޯނިއާގެ ސަގާފަތާއި މުއްސަނދި ތާރީހާއި، ތަރިކަ އަދި އާބާދީގެ ޑައިނެމިކްސްގެ އިތުރުން އެ ގައުމުގެ މުސްކުޅިވަމުން އަންނަ އާބާދީ އަށް ހުރި ގޮންޖެހުންތަކާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރިކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ، އެސްޓޯނިއާގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން، އާންމު ހިދުމަތްތަކާއި، ތައުލީމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމުގައި އިސްކޮށްފައިވާ ޑިޖިޓަލް އީޖާދާއި، އީ-ގަވަނަންސްގެ އެހީގައި ޤައުމީ ތަރައްގީގެ ލަނޑުދަނޑިތައް ޙާސިލުކުރުމުގައި ހޯދާފައިވާ ކުރިއެރުމުގެ އަލީގައި އެހީތެރިކަން ބޭނުންވާކަންކަން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވިކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް