މިނިސްޓަރު ހަލީލް މިހެން މި ވިދާޅުވީ ޔޫކްރެއިން-ރަޝިއާ ހަނގުރާމައާ ގުޅިގެން މީގެ ކުރިން ރާއްޖެއިން ވަކި ކޮޅެއް ނުނަގާ އޮތް ނަމަވެސް، ޔޫކްރެއިނަށް ރާއްޖޭގެ ތާއީދު އޮތް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ހާމަކުރެއްވިކަމަށް ދޭހަވާ މޭރުމަކުން އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ބުނުމުން އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ފޮރިން މިނިސްޓަރު ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލެއް ނުވާކަމަށާއި އ.ދ. ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތް ބައްލަވާލެއްވުމުން އެކަން ސާފުވާނެ.ކަމަށެވެ. އަދި ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއްކަމަށްވެސް މިނިސްޓާރު ހަލީލް ވިދާޅުވިއެވެ.
ޑރ މުއިއްޒު ގެންދަވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުފުޅެއް ކުރައްވަމުންނެވެ.
އެސްޓޯނިއާއިންދަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް ތާއީދުކޮށް އެގައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.