މިސްކިތެއްގެ ތެރޭގައި ބަޔަކު އެކި ކުޅިވަރުތައް ކުޅޭ ވީޑިއޯއެއް މިއަދު ވާނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެއީ ކޮންމެވެސް ރަށެއްގެ ޓީޗަރުންތަކެއްކަމަށް ބެލެވެއެވެ. އެތަނުގައި ދެ ޖިންސުގެ ޓީޝަރުން ތިބޭއިރު ދިވެހިންނާއި ބިދޭސީން ފެނެއެވެ. އަދި އާއްމު ވީީޑިއޯއިން ފެންނަނީ ބޮލުގައި ކަރުދާސް ތައްޓެއް ބަހައްޓައިގެން ވައްޓާ ނުލާ ހިންގަންޖެހޭ ކުޅިވަރެއް ކުޅޭތެނެވެ.
މި ކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަސަމާލުކަމަށް އައިސްފައިވާކަމަށެވެ. މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ފަށާފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
އާއްމުވެފައިވާ ވީޑިއޯތައް ބުނާ ގޮތުން މި ކަން ހިންގާފައިވަނީ ކޮޅުމަޑުލުގެ ރަށެއްގައެވެ.