ads
މަޑި ތަކެއް---ފޮޓޯ: އަޝްވާ ފަހީމް
މަޑިއަށް ކާންދިނުމުން ނުރައްކާތެރި ހާދިސާތައް އިތުރުވަނީ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަޑިއަށް ކާންދިނުމުގެ ސަބަބުން އިންސާނުންނަށް ލިބޭ އަނިޔާތަކާއި ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފިއެވެ.
Advertisement

އީޕީއޭ އިން ބުނީ މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ މަޑިއަށް ކާންދިނުމުގެ ސަބަބުން ގިނަ އަދަދެއްގެ މިޔަރު އެއްވެ، މިޔަރު ދަތް އެޅުމާއި މަޑި ކަށި ހެރުން ކަމަށެވެ. މީގެ އިތުރުން މިފަދަ ހާދިސާތައް އިތުރުވުމަކީ ރާއްޖޭގެ ޓޫރިޒަމަށްވެސް އަސަރުކުރާނެ ކަމެއް ކަމަށް އެ އެޖެންސީން ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ޓޫރިސްޓުން މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އީޕީއޭ އަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށާއި، މަޑީގެ ބާވަތްތަކަކީ ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ ދިރުންތަކެއް ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.

އީޕީއޭ އިން އިތުރަށް ބުނީ މި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާއި ބެހޭ ގަވާއިދު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

  • މަޑިއަށް ކާންދިނުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދޭ
  • މިޔަރު ދަތް އެޅުމާއި މަޑި ކަށި ހެރުމުގެ ހާދިސާތައް ހިނގަމުންދޭ
  • ޓޫރިސްޓުން މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރޭ
  • މަޑީގެ ބާވަތްތަކަކީ ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ ދިރުންތައް
  • ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް