މާލޭ ޕީޓްރަލް ޕާކު ކައިރީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީގެ މެންބަރުންނާއި އެހެން އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މީހުންގެ މައުލޫމާތު "ޑީއެންއާރުން ވަގަށް ނަގައިގެން" ޕީއެންސީއަށް ވައްދާފައިވާ ކަން ސާބިތުވެފައިވާ ކަމަށެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން އީ-ގަވަނަންސް ނިޒާމަށް އިތުބާރު އުފައްދަމުންދާއިރު، އެސްޓޯނިއާގައި ހުންނަވައި ރައީސް މުއިއްޒު ވަނީ އެ ނިޒާމަށް ރައްޔިތުން ކުރަމުންދިޔަ އިތުބާރު ނަގާލައްވާފައި ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، އެމްޑީޕީން ސަރުކާރުގެ ހުރިހާ އޮޅުވާލުންތަކެއް ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ.