މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފައި ވަނީ ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ. މި އެލާޓް ހެނދުނު 9:30 އިން ފެށިގެން މެންދުރު ފަހު 1:30 އާ ހަމައަށް ދެމިގެންދާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އެވަގުތުގެ ތެރޭގައި ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުން، ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. މި ވިއްސާރަ މާދަމާ އަލިވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.