
މި އާޓިކަލް ގައި ގެނެސްދޭނީ ހަމަ ހަގީގަތުގައިވެސް ހިނގާފައިވާ މިފަދަ ހާދިސާއެކެވެ.
ބްރެޒިލް އަށް ނިސްބަތްވާ (ހައު ވާޑޭ ) ނަމަކަށް ކިޔާ 600 އެއްހާ މީހުންގެ އާބާދީ އެއް ދިރި އުޅެމުން އައި ދަނޑުވެރި އަވަށެއްގައި ތިބި އެނެމެން ގެއްލުނު ހާދިސާއެވެ.
'ފެބްރުއަރީ 1923 '
އިރު އޮއްސެން ދިޔަ ވަގުތު އެރަށަށް ފަތުރުވެރިންގެ ބަޔަކު ޒިޔާރަތް ކޮށްފިއެވެ. ފެނިގެން ދިޔައީ ވަރަށް ތަފާތު މަންޒަރެކެވެ. މިދައްކަނީ އެތަންމިތާ ހުރި ހުސް ފަޅުގެތަކެއްގެ ވާހަކައެއް ނޫނެވެ ގެތަކުގައި ހިފާ ގެންގުޅޭ ތަކެތި އަދި ކާން ތައްޔާރު ކުރެވިފައިވީ ސުފުރާމަތިތަކުގައި ހުރި ކާނާ ކުންނިނުވެ ހުއްޓެވެ. މީހުން މަސައްކަތުގައި ބޭނުން ކުރާ ތަކެތިވެސް ހަމަ އެހުރިތާގައި ހުރެމެ އިންސާނެއްގެ ހިލަމެއް ނެތެވެ. ނައަމް ސޫފިތައް އއެތަކެތި އައްސާފައި ތިބި ތަނުގައި ވާނުވާނޭނގިފައި އެ ތަކެތީގެ ވިރިންނަށް އިންތިޒާރު ކޮށްކޮށް ތިއްބެވެ.
ސިފަ ކުރަމާ ހިނގާށެވެ. އަވަށުގެ ފިރިހެން ވެރިން އަދި އެމީހުންގެ އަނބީން ދަނޑު ތަކުގައި މަސައްކަތް ކުރަމުން ދާއިރު ، ކުޑަ ކުދިންތައް ހިރަފުސް މަގުތަކުގައި ކުޅެ މަޖާކުރަމުން ދިޔައެވެ. އެހެން ތިއްބައި ހަމަ ކުއްލިޔަކަށް އެމީހުނަ ޢައިބުގެ ތެރެއަށް ދިޔައީ އެވެ. ނުވަތަ މާސިންގާ ސަހަރާ ނުވަތަ ކަނޑު ހުރަސްކޮށް އެއްދުވަސް ނުވަތަ ދެ ދުވަސް ތެރޭގައި ހުރިތާކު ހުރި އެއްޗެއް ބަހާޓާފައި ހުސްއަތާ ދިޔަ ތާކަށް ދިޔައީއެވެ. ނުވަތަ ފިލާ ރައްކާވީތާއެވެ.
އެނމެހާ ކިޔުންތެރިން ވެސް މީހާރު ތިޔަ ހީފުޅުކުރަށްވަނީ މުޅީން ގޯސް ކޮށެވެ. ޖިންނި ފުރޭތައިގެ ކަމެއްކަމަށް އަދި ސިހުރު ހާހޫރައިގެ އަމަލެއް ކަމަށް ބެލެވިގެންދާނީ އެރަށަށް ޒިޔާރަތްކުރި މީހުނަށް އެރަށުން މީހުން ވާހަކަ ދައްކާ އަޑުތައް އަދި ކުޑަކުދިން ސަކާރާތް ޖަހަމުން ދުވެ ހަދާ ފަދަ އެއވެސް ކަހަލަ ހިލަމެއް ކަހާލުމެއް ވެސް ވާނަމަތާއެވެ. ނަމަވެސް އެއްވެސް މީހަކަށް އެފަދަ ކަމެއް އަދި އަދާ ހަމައަށްވެސް ފާހަގަ ކުރެވިފައި ނުވެއެވެ.
އެދުވަހު އެރަށަށް ޒިޔާރަތް ކުރި ވިސިޓަރުން ރިޕޯޓު ކުރާ ގޮތުގައި ބައެއް ސުފުރާ މަތިތަކުގައި ކާއެއްޗެތީގެ އެއްބައި ކައިފައި ހުރެއެވެ. އަނެއްބައި ސުފުރާތައް ވަނީ ތައްޔާރުކުރި ގޮތަށެވެ. ސައިކުރާތައް ހޫނުކަން މަތީ ހުއްޓެވެ. އުދުން ތަކުގައި އަލިފާން ނުނިވި ހުއްޓެވެ. ނަމަވެސް ހަމަ އިންސާނެއްގެ ހިލަމެއް ނެތެވެ.
ހުއާ ވާޑޭ12
ވިސިޓަރުން އެރަށައް އަރައިގެންގޮސް ސްކޫލާއި އަރާހަމަވިއެވެ. ސްކޫލްތެރެ ބެލިބެލުމުން ފެނުނީ ކަޅުބޯޑެއްގައި މިފަދަ އިން ލިޔެފައިވީ ތަނެވެ. (ދެއާ އިޒް ނޯ ސެލްވޭޝަން). މާނައީ މިތާކު ހިމާޔަތެއް ނެތް ކަމެވެ. މިނޫން އެއްވެސް މެސެޖެއް އެވެސް ބަޔަކަށް ނުފެނުނެވެ.
އަދިވެސް ތިޔަ ހީކުރަނީ މިކަމަކީ ހަމަ ގަމަށް ވީކަހަލަ ޖިންނިފުރޭތައިގެ ކަމެއް ކަމަށް ނޫންހެއްޔެވެ. ތިޔަ ހީވަނީ ހަމަ މުޅިން ގޯސްކޮށެވެ. އެރަށައް ދާ ކޮންމެ ވިސިޓަރަކުވެސް އެކަން ވަނީ ދޮގު ކޮށްފައެވެ. އެހެންވީމާ އަހަރުމެއް މީ ޖަޖުކުރަން ކޮންބައެއް ހެއްޔެވެ؟
އެހެންނަމަވެސް ބްރެޒިލްގެ ގިނަ ބަޔަކު މިހާރު އެއަވަށާއި ބެހޭ ގޮތުން ބުނަމުން އަންނަނީ އެއީ ސަރުކާރުގެ ސައިންޓިސްޓުން ކުރިޔަށް ގެންދިޔަ ސައިންސް ޕްރޮޖެކްޓެއް ގޯހުން ގޯހަށް ދިޔުމުން ނުކުއިން ނަތީޖާއެތް ކަމަށެވެ. އެކަމަކުވެސް އެހެން ބުނެފައި ދެއްކޭނެ އެއްވެސް ހެއްކެއް ނޯވެއެވެ.
ހަގީގަތުގައި މިކަން ފްލޯކް ވާހަކައެއްގޮތުގައި ނުބެލެނީ 19 ވަނަ ގަރުނުގައި ހިނގާދިޔަ ކަމެއް ކަމަށް ވާތީއެވެ. އަވަށުގެ ކުލަ ފޮޓޯތަކާ މަދު މަދު ވީޑީއޯވެސް ފެންނާން ހުރުމުންނެވެ. ބައެއް ނޫސްތަކުގައި ބުނާގޮތުން ނަމަ މިއީ އޭލިއަނުންގެ ކަމެކެވެ.
ހުއާ ވާޑޭގެ 600 މީހުންގެ އާބާދީގެ އެނެމެން ގެއްލުން ސަބަބެއް ކަމަށް އޭރު އުޅުނު ގިނަ އަދަދެއްގެ ސައިންސް ވެރިންނާ ދިމާލަށް އިނގިލިތައް އަމާޒުވެގެންދިޔައެވެ. އެހެނީ ދުނިޔޭގައި އޭރު ސައިންސް ދިޔައީ ބާރުދުވެއްޔެއްގައި ކުރިއަރަމުންނެވެ. ސައިންސް ވެރިންގެ ތަހުލީލުތައް ކުރުމުގެ އަމާޒަކަށް މީހުން މަދު އެކަހެރިކޮށް އޮންނަ އަވަށްތައް ދިޔައީ ވަމުންނެވެ.
ނަމަވެސް އެކަންވީ ސީދާ އެފަދަ ތަހުލީލެއް ގޯސްކޮން ގޮސްގެން ކަމުގައި ވާނަމަވެސް ކޮންމެސް ކަހަލަ ހެއްކެއް އޮންނަވާނެ ނޫންތޯއެވެ. އެކަން ދަންނަ އެކަން ކުރި ސައިންސްވެރިއެއް ހޯދެން ވާނެ ނޫންހެއްޔެވެ. ނަމަވެސް އެކަން ވަނީ ނުވެފައެވެ. އެއްވެސް ހެއްކެއް ނެތުމުންނެވެ.
ހުއާ ވާޑޭ ފަދައިން 1585 ގައި އިނގިރޭސި ވިލާތުގެ އަވަށެއް ކަމަށްވާ ރޯއާނޯކް އައިލެންޑް އޮފް ކްލޮނީ މިހާރުގެ ނަމުން ނަމަ ލޯސްޓް ކްލޮނީ އަކީވެސް އެއްވެސް ހިލަމެއް ނެތި އެންމެން ގެއްލިފައިވާ ރަށެކެވެ. ހުއާ ވާޑޭ ގެ ސްކޫލުން ފެނުން ލިޔުން ކޮޅާއި އެއްގޮތަށް ލޯސްޓް ކްލޮނީ އިންވެސް މިފަދަ ލިޔުން ކޮޅެއް ފެނުނެވެ. މި ހާދިސާގައިވެސް މިނޫން އެހެން އެވެސް މެސެޖެއް ނުވެއެވެ. ރޯއާނޯކް ގައި ހުރި ބޮޑޮގަހަކު ރަތް ކުލައިން ކަނޑާ ނަގައި ލިޔެފައިވަނީ ( ކްރައުޓޮއެން) މިހެންނެވެ.