ކުޑޫ ވަނީ ތިން ސުވާލެއް ފޮރިން މިނިސްޓާރާ ކުރުމަށް ހުށައަޅުއްވާފަ އެވެ. އެގޮތުން ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން ފޮރިން ސާވިސްގެ މުވައްޒަފުންގެ ކޮންމެ ގިންތިއަކުން އައްޔަނުކުރެވިފައިވާ ޖުމުލަ މުވައްޒަފުންގެ
އަދަދަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެ މުވައްޒަފުން އައްޔަންކުރީ ކޮން ޒިންމާއެއްކަން އަދާކުރުމަށްތޯ ވެސް ކުޑޫ ވަނީ އައްސަވައިފައެވެ.
ފޮރިން ސަރވިސްގެ ގާނޫނުގެ.. 41 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާއި، އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ
ގޮތުގެ މަތީން ކަނޑައެޅޭ ވަކި ޒިންމާއެއް އަދާކުރުމަށްޓަކައި މުވައްޒަފުން ނަގާއިރު، ތިޔަ ވުޒާރާގައި ގިނަ ދުވަހު
މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ ބަދަލުގައި، ތިޔަ ވުޒަރާއަށާއި ތިޔަ ވުޒާރާގެ ދަށުން ހިންގަމުންދާ މިޝަންތަކާއި، ޢާންމު
ކޮންސިއުލާ ޕޯސްޓްތަކަށް ތިޔަ ވުޒާރާއިން ބޭރުން މުވައްޒަފުން އައްޔަންކޮށްފައިވާ ސަބަބުތައް ސާފުކޮށްދިނުމަށްވެސް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.
މީގެއިތުރުން ރެސިޑެންޓް ވިސާ ނުވަތަ ޕާލް ރެސިޑެންޓް ވިސާ ފަދަ އެއްވެސް ބާވަތެއްގެ ރެސިޑެންސީ ވިސާއަކާ ގުޅޭ ސީދާ ނުވަތަ ނުސީދާ ހިދުމަތެއް ފޯރުކޮށްދިނުމަށް އެކްސްކްލޫޒިވް އުސޫލަކުން ހަވާލުކުރެވިފައިވޭތޯ ބަލަން ހޯމް މިނިސްޓަރު އަލީ އިހްސާނާ ސުވާލުކުރުމަށް ވެސް ކުޑޫ ވަނީ މަޖިލިހަށް ހުށައަޅުއްވާފަ އެވެ.