އެ މައްސަލައަކީ ޑީއާރުޕީން 1.1 މިލިއަން ރުފިޔާ އެމްޓީސީސީއަށް ދައްކަންޖެހޭ މައްސަލައެކެވެ. އެމްޓީސީސީން ވަނީ މިފައިސާގެ މައްސަލަ ހިނގި ދުވަސްވަރު ޑީއާރްޕީގެ ޒައީމަކީ ރައީސް މައުމޫން ކަމަށްވާތީ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
އެހެންނަމަވެސް އެމްޓީސީސީން ސިވިލްކޯޓަށް ހުށައެޅި މައްސަލަ ނިމިފައިވަނީ ރައީސް މައުމޫނާއި އެއްކޮޅަށެވެ. އެ ކޯޓުން ނިންމީ އެ ފައިސާއަށް ރައީސް މައުމޫން ޒިންމާވާން ނުޖެހޭކަމަށެވެ.
ދަށުކޯޓުގެ ނިންމުން އެމްޓީސީސީ ހައިކޯޓްގައި އިސްތިއުނާފުކުރުމުން އެކަމަށް އޮތް މުއްދަތު ހަމަވެފައިވާކަމަށް އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅާދިނުމަށް މައުމޫންގެ ފަރާތްޕުޅުން އެދުނެވެ. އެހެންނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކަނޑައަޅާފައެވެ. މައުމޫންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމްކޯޓަށް ހުށައެޅީ މިދިޔަ އަހަރުގެ އޭޕްރިލްމަހުއެވެ.
މި މައްސަލައިގެ އަޑުއެހުން މިއަދު ފަށަން ތާވަލުުކުރުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ. އެނގިފައިވާ ގޮތުގައި އަޑުއެހުން ކެންސަލް ކުރީ އެމްޓީސީސީން ވަނީ އެދިގެންނެވެ. އެހެންނަމަވެސް ކެންސަލް ކުރަން އެ ކުންފުނިން އެދުނީ ކީއްވެކަމެއް ސާފެއް ނުވެއެވެ.
މި މައްސަލަ ބައްލަވާ ސުޕްރީމްކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.