ads
ރައީސް މުއިއްޒު އިންނަމާދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ވަޑިންނަށް ލުއިލޯނުދީ، އޮޑިބަންނަން ދަސްކޮށްދޭ މަރުކަޒެއް ހަދަނީ
އޮޑި ބަންނަ ވަޑިންނަށް ފަސޭހައިން ލޯނު ލިބޭނެ ސްކީމެއް ތައާރަފުކޮށް އެ މަސައްކަތަށް ދިވެހިން ތަމްރީނުކުރަން މަރުކަޒެއް ހައްދަވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
Advertisement

އެމަނިކުފާނުން މިކަން އިއުލާންކުރެއްވީ މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އިންނަމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

އޮޑި ބަނުމުގެ މަސައްކަތް އެންމެ ފުޅާކޮށް ރާއްޖޭގައި ކުރާ އެއް ރަށަކީ އިންނަމާދޫކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް ކުރާ ދިވެހިންނަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ސިޔާސަތުތަކެއް ކަނޑައަޅުއްވާފައިވާކަމަށެވެ. 

your imageއިންނަމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ 

އިންނަމާދޫ އިސް ވަޑިންނާއި ބައްދަލުކުރެއްވުމުން އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މަސައްކަތްތައް ބޭނުންވާ ފައިސާގެ ދަތިކަންކަން އޮޑިވެރިން ފާހަގަކުރިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޮޑިވެރިންނާއި އެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ދެކަމެއް ކުރަން ސަރުކާރުން ނިންމަވާ އެކަންކަން މިރޭ ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. 

"މި ދެންނެވިި ސިޔާސަތުގެ ތެރެއިން އެއް ކަމަކަށް މި ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް ބޭނުންވާ ކަންކަމުގެ ތެރެއިން ލުއި ގޮތެއްގައި ރަހުނަކާ ނުލައި ލޯނު ނެގޭނެ ގޮތް ބޭންކިން ނިޒާމު ތެރެއިން ހަމަޖައްސައިދޭނެ ކަމަށް އަޅުގަނޑު ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދެވަނަ ކަމަކަށް ރައީސް އިއުލާން ކުރެއްވީ އޮޑި ބަނުމުގެ ދާއިރާއަށް ދިވެހިން ނެރުމަށް ސަރުކާރުން ނިންމަވާފައިވާ ސިޔާސަތެވެ. އެގޮތުން އިންނަމާދޫގައި އޮޑި ބަނުމަށް ދިވެހިން ތަމްރީނުކުރަން ނިންމާފައިވާކަން ރައީސް އިއުލާން ކުރެއްވިއެވެ. 

"އެހެންވީމަ މި ރަށުގައި މި ދާއިރާއަށް ތަމްރީން ދެވޭނެ މަރުކަޒެއް ހެދުމަކީ އަޅުގަނޑު ކުރަން ގަސްތުކުރާ ކަމެއްކަން އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވަން،" އޮޑި ބަނުމުގެ މަސައްކަތް ކުރާ އިންނަމާދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޮޑި ބަނުމުގެ ދާއިރާގައި ބޭރު މީހުން ގެންގުޅެން ބޭނުން ނުވާކަމަށެވެ. އަދި އެއީ ސަރުކާރުގެ ސިޔާސަތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް