ads
ފައިނު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ
ފައިނުގައި އެއާޕޯޓް އަޅަން އެމްޓީސީސީއާ އަންނަމަހު ހަވާލުކުރާނަން: ރައީސް
ރ. ފައިނުގައި އަޅާ އެއާޕޯޓްގެ މަސައްކަތް އަންނަ މަހު އެމްޓީސީސީއާ ހަވާލުކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިކަން އިުލާންކުރެއްވީ މިހާރު ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފައިނު ރައްޔިތުންނާ ބައްދަލުކުރައްވާ މިއަދު ވާހަކަ ދައްކަވަމުންނެވެ. ފައިނުގައި އެއާޕޯޓެއް އެޅުން އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ފައިނު ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފައިނު އެއާޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އަންނަމަހު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރާނެކަމަށެވެ. އަދި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ. 

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފައިނުގެ އެއާޕޯޓް އެޅުމަށް ކުރީ ސަރުކާރުން ހުރަސް އެޅުމުގެ ގޮތުން ބައެއް ކަންކަން ހިންގާފައިވާކަމަށެވެ. އެގޮތުން އެއާޕޯޓް އަޅާ ސަރަހަހައްދަށް ރައްޔިތުންނާއި ގުޅުން ހުރި ބައެއް މަޝްރޫއުތައް ކުރީ ސަރުކާރުން ވައްދާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" ފެނާ ނަރުދަމާގެ މަސައްކަތްކޮށްފައިވާ ސަރަހައްދު އެއާޕޯޓު ސަރަހައްދަށް އަރާތީ ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވޭ. މިދިޔަ ސަރުކާރުގައި އެއާޕޯޓަށް ހުރަސް އެޅުމަށް ފެނާ ނަރުދަމާގެ ބައެއް ތަންތަން އެތަނުގައި ހުރީ ހަދާފައި. ނަމަވެސް ރައްޔިތުން އެންމެ އެދޭގޮތަށް އެންމެ ކުޑަ ހަރަދެއްކޮށްގެން އެެއާޕޯޓް އެޅުމަށް ބޭނުންވާ ޖާގަ ހެދުމަށް ފެނާ ނަރުދަމާ ނުހުއްޓި، އެންމެ ރަނގަޅަށް އޮމާންކޮށް ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ދެން.” ރައީސް ވިދާޅުވިއެވެ.

your imageފައިނަށް ރައީސް ވަޑައިގަތުމުން އެރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ 

ރައީސް ވިދާޅުވީ ފައިނު އެއާޕޯޓްގެ ސަބަބުން ވަރަށް ނަ ވަޒީފާތައް އުފެދި އެ ސަރަހައްދަށް ގިނަ ރިސޯޓުތަކެއް އައުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ރ. އަތޮޅުގައި ގިނަ ރިސޯޓްތަކެއް ހަދަން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުގެ ހަނދާން އާކުރައްވަމުން ވިދާޅުވީ ފައިނުގެ އެއާޕޯޓް ވެގެންދާނީ އުއްމީދީ އެއާޕޯޓަކަަށްކަމަށެވެ.   

" މި އަތޮޅުގައި އަޅުގަނޑު ވައުދުވެފައި އޮންނާނެ މި ދައުރުގެ ތެރޭގައި ގިނަ ރިސޯޓުތަކެއް ހެދުމަށް އަޅުގަނޑުމެން ފުރުސަތު ދޭނެކަމަށް. އެހެންވީމާ މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް އަދި މި އަތޮޅުގެ ޓޫރިޒަމަށް އިތުރު ކުރިއެރުންތަކެއް އައިސް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަކަށްވާނެ،" ރައީސް ވިދާޅުވިއެވެ.

ފައިނުގައި އެއާޕޯޓް އަޅާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވާފައި މިވަނީ އެކަމާއި ދެކޮޅަށް ތިމާވެށިގެ ބައެއް ޖަމިއްޔާތަކާއި އާއްމުން މީގެ ކުރިންވެސް އަޑު އުފުލާފައި ވަނިކޮށެވެ. އެ ޖަމިއްޔާތަކުން ބުނީ ފައިނުގައި އެއާޕޯޓް އަޅަން ނަގާ ސަރަހައްދުގެ ސަބަބުން ރަށުގެ ދަނޑުވެރިކަމަށް ގެއްލުންވެ ރަށުގެ ހިތްގައިމުކަންވެސް ގެއްލިގެން ދާނެކަމަށެވެ.

your imageފައިނުގައި އެއާޕޯޓް އެޅުމާއި ދެކޮޅަށް ހިންގި ސޭވް ފައިނު ކެމްޕެއިންގެ ފޮޓޯއެއް 

ފައިނުގައި އެއާޕޯޓަކާއި ސިޓީ ހޮޓަލެއް އަޅަން ފުރަތަމަ ނިންމީ ރައީސް އަބްދުﷲ ޔާމީންގެ ސަަރުކާރުގައެވެ. އެހެންނަމަވެސް އޭގެ ފަހުން އައި އެމްޑީޕީ ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނިންމީ އެ އެއާޕޯޓް އެ އަތޮޅު ބެރިޔަންފަރަށް ބަދަލުކުރާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް