ފުލުހުން ބުނީ އެއީ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ފުޅިތަކެއް ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލާފައި ވަނީ 471 ފުޅި ބަނގުރާ އަދި 497 ދަޅު ބިޔަރެވެ. އެގޮތުން މި ތަކެއްޗަކީ ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ބަނގުރާ ނައްތާލުން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.