ads
ފައިނުގައި ގާއިމްކުރި ފެނާއި ނަރުދަމާގެ މަޝްރޫއު ރައީސް ޑރ. މުއިއްޒު އިފުތިތާހު ކޮށްދެއްވަނީ.
ފައިނުގައި ގާއިމުކުރި ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ފަށައިފި
ރ. އަތޮޅު ފައިނުގައި ގާއިމުކުރި ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް އިފްތިތާހުކޮށް އެރަށު ރައްޔިތުންނަށް އެ ހިދުމަތް ދޭން ފަށައިފިއެވެ.
Advertisement

އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރ. އަތޮޅަށް ރައީސް ޑރ. މުިއއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ މަތީން މުހައްމަދުވެސް ބައިވެރިވަޑައިގަތެވެ. 

ފައިނުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ މާރިޗުމަހުގެ 01 ވަނަދުވަހުއެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާ ކޮމިޝަން ކުރީ މިދިޔަ އަހަރުގެ މާރިޗުމަހުގެ 2 ވަނަދުވަހުއެވެ. 

ދައުލަތުގެ ބަޖެޓުން 64.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ކޮށްފައިވަނީ އެމްޑަބްލިއުއެސްސީންނެވެ. މި މަޝްރޫއުގެ ސަބަބުން ފައިނުގެ ރައްޔިތުންނާއި ސާފު ބޯފެނާއި ރައްކާތެރި ނަދުމާގެ ނިޒާމެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. 

މި މަޝްރޫއުގެ ދަށުން ފައިނުގެ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލީޓީ ބިލްޑިން ގާއިމުކޮށް ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭ އާރުއޯ ދެ ޕްލާންޓް ބަހައްޓާފައިވާކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކް އަޅާ 130 ގެޔަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅާފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ. 

މީގެއިތުރުން 490 ތަނުގެ ފެން ތާނގީއަކާއި 175 ޓަނުގެ ފެން ރައްކާކުރެވޭ 2 ފެން ތާނގީ ބަހައްޓާފައިވާކަމަށާއި ނަރުދަމާގެ އިދާރީ އިމާރާތާއި 3 ޕަމްޕް ސްޓޭޝަން ގާއިމުކޮށް ސީ އައުޓްފޯލް އާއި ރިޖެކްޓް ލައިން އަޅާފައިވާކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ. އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުން މި މަޝްރޫއުގެ ތެރޭގައި ހިމެނޭކަންވެސް އެމްޑަބްލިޔުއެސްސީން ފާހަގަކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް