ads
ގާނޫނީ ފަންނުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހަމްޒާ ހަލީލް
ޖަވާބުދާރީ ކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ލިބޭ ހިންގުމުގެ އޮނިގަނޑެއް މުހިންމު: ހަމްޒާ
ޖަވާބުދާރީ ކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ލިބޭ ހިންގުމުގެ އޮނިގަނޑެއް މުހިންމު ކަމަށް ގާނޫނީ ފަންނުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހަމްޒާ ހަލީލް ވިދާޅުވެއްޖެ އެވެ.
Advertisement

ހަމްޒާ މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓް ގައި ވާހަކަ ދައްކަވަމުންނެވެ. 

"ސީއެންއެމް" އިން އަންނަނީ ދައުލަތް ނުވަތަ ސަރުކާރު ހިންގުމަށް މިހާރުއޮތް އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ހޯދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ނެވެ.

"ނޭޝަން ޓޯކް"ގެ 14 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދައުލަތާއި ސަރުކާރުގެ ހިންގުމުގެ އޮނިގަނޑު މިހާރަށްވުރެ ރަނގަޅު ކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ހަމްޒާ ވިދާޅުވީ ރިކޯލް ކުރުމުގެ ބާރު ރައްޔިތުންނަށް ލިބެން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަށް އަބަދުވެސް ވަކާލާތު ކުރަން ބޭނުން ކަމަށެވެ. 

ހަމްޒާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރިކޯލް ކުރާ ގޮތަށް ހެދުމުން މިހާރު މިއޮތް ހާލަތުން ހުރިހާ ނިޒާމީ މައްސަލަތަކެއް ރަގަނޅު ކުރެވޭނެ ކަމަށާއި މަޖިލިސް މެންބަރު ވަޑައިގެން ދައުލަތް ޒިންމާދާރު ނުކުރުވާކަމަށް ވަނީ ނަމަ އެބޭފުޅާ ހޮއްވެވި ބޭފުޅުން އެބޭފުޅާ "ރިމޫވް" ކޮށް އެތަނަށް އާ މީހަކު ލުމުގެ ފުރުސަތު ރިކޯލުން ލިބެން ޖެހޭ ކަމަށެވެ.

ހަމްޒާ ވިދާޅުވީ މި ފުރުސަތު އޮންނަ ހިސާބުން ދެ ތިއްބަވާ ދެ ބާރުގެ ބޭފުޅުންވެސް ރަނގަޅަށް ފަންގްޝަންކުރައްވަން ފައްޓަވާނެ ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ރިކޯލްކުރަން ރާއްޖޭގެ ހާލަތައް ބަލާ މި ވަގުތަށް ދެކޮޅު ކަމަށެވެ. ނަމަވެސް މި ވަގުތަށް ގިނަ މައްސަލަތަކުގެ ހައްލު ހޯދުމަށް މުހިންމީ މަޖިިލިސް މެންބަރުންގެ ރިކޯލް ކުރޭވޭ ގޮތަށް ގާނޫނޫ އަސާސީ އިސްލާހުކުރުން ކަމަށެވެ.

"މަޖިލީހަށް އަޅުގަނޑުމެންގެ ދާއިރާއިން ހޮވިފައި ހުންނަ މެންބަރަށް އަޅުގަނޑަށް ފެންނަނީ ސަރުކާރުން ކުރައްވާ ވަރަށް ނޭދެވޭ ކަމެއް، 30 ހާސް ނުވަތަ އެއަށްވުރެ ގިނަ ބައެއްގެ ތާއީދު އެ ވިސްނުމަށްއޮތްތޯ ނުވަތަ ނެތްތޯ ބެލުމުގެ ބަދަލުގައި އަޅުގަނޑުގޮސް އަޅުގަނޑުގެ މަޖިލިސް މެންބަރާއި ވާހަކަ ދައްކައިގެން އޭނައަށް އޭގެ މުހިންމުކަން ވިސްނިއްޖެ ކަމަށްވަނީ ނަމަ ހަމަ އެންމެ މީހެއްގެ ވިސްނުމާއި އެއްގޮތައްވެސް އެ މައްސަލައެއް މަޖިލީހަށް ހުށައެޅެން ޖެހޭނެ. ހުށައަޅައިގެން އެއަށް ތާއީދު ހޯދައިގެން ސަޕޯޓް ކުރެވެން ޖެހޭނެ، ދެން އެކަން އޮންނަ އުސޫލު އެއްބޭފުޅަކު ހުށައަޅާފައި އަނެއް ބޭފުޅަކު ތާއީދުކުރުމަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓެއް އެއްކޮށް އައިސްފިނަމަ އެ މައްސަލަ ބަލަން ޖެހޭނެ" ހަމްޒާ ވިދާޅުވި އެވެ.

ހަމްޒާ ވިދާޅުވީ ބޮޑެތިކަންކަން ނިންމުމުގައި ރައްޔިތުންގެ "ސޭ" އޮންނަން ޖެހޭ ކަމަށާއި ބޮޑެތިކަންކަން ރަނގަޅުކުރުމާއި ހުއްޓުވުމަށްވެސް ރައްޔިތުންގެސް ބަސް އޮންނަން ޖެހޭ ކަމަށެވެ. ހަމްޒާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ވިސްނުން އެއްކޮޅަކަށް އަރާ ކަންކަމުގައި ސިޔާސީ މަގާމުގައި ހުންނަ މީހާ ވަކިކުރުމުގެ ގޮތް ވެސް އޮންނަން ޖެހޭ ކަމަށެވެ. އަދި ޑިރެކްޓް ޑިމޮކްރެސީއެއްގައި ރައްޔިތުންގެ ވިސްނުންލައިގެން ރައީސުލްޖުމްހޫރިއްޔާއަސް ވެސް ފިޔަވަޅު އެޅޭނެ ގޮތަށް މަގުފަހި ކުރެވޭނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް