ads
ދިވެހި އަސްކަރީ މީހާ ހިއްސާކުރި ފޮޓޯ
ފަލަސްތީން އޮފިސަރު ދިވެއްސަކަށް ކިޔައިދިނީ ހިތްފަޅައިގެން ދާވަރުގެ ވާހަކަތަކެއް
ފަލަސްތީނުގެ އަސްކަރިއްޔާ އޮފިސަރެއް ދިވެހި އަސްކަރީ އޮފިސަރަކަށް ހިތްފަޅައިގެންދާވަރުގެ ވާހަކަތަކެއް ކިޔައިދީ އިޒްރޭލުން ގާޒާގައި ހިންގި އަނިޔާވެރި ގަތުލު އާންމުގެ ތެރެއިން ދިވެހީންގެ ފަރާތުނަ ލިބުނު ދީލަތި އެހީތެރިކަމަށް ޝުކުރުއަދާކޮށްފިއެވެ.
Advertisement

ދިވެހި އަސްކައްޔާގެ އޮފިސަރެއް ކަމަށްވާ ހަސަން މާބެ ވަނީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ، ފަލަސްތީންގެ އަސަކްރީ އޮފިސަރަކާ ބައްދަލުވެ އޭނާ ކިޔައިދިން ވާހަކަތައް ހިއްސާކޮށްފައެވެ.

ފަލަސްތީން އޮފިސަރު ، އޭނާ އަކީ ދިވެއްސެއްކަން އެނގުމުން ފުރަތަމަވެސް ބައްދާލާފައި ރޮއެ ގަތްކަމަށް ސިފައިންގެ މީހާ އެ ޕޯސްޓްގައި ލިޔެފައިވެއެވެ. އަދި ޔުނިފޯމްގެ ވާތު ކޮނޑުމަތީގައި އިން ދިވެހި ދިދަ ފެނުމުން ޔަގީން ވެއްޖެ ކަަަމަށް ޕަލަސްތީން ގެ އަސްކަރީ އޮފިސަރު ބުނިކަމަށް ވެއެވެ.

"އެ އޮފިސަރުގެ ދުލުން އިސްރޭލުގެ ނުބައި ނުލަފާ ޖައްބާރުން ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ ވާހަކަ އަޑުއިވުމުން ހިތްފަޅައިގެން ދާވަރުވެއްޖެ" ދިވެހި އަސްކަރީ އޮފިސަރު އެ ޕޯސްޓްގައި ލިޔުނެވެ.

ސިފައިންގެ މީހާ ބުނީ ފަލަސްތީން އޮފިސަރު އޭނާއަށް ލިބިފައިވާ ގެއްލުންތައް ކިޔައިދީ ގާޒާގެ އެހެން އާންމު ރައްޔިތުން އުޅެމުންދާ ދަތި ހާލު ހިއްސާކުރިކަމަށެވެ. އަދި ހާލުގައި އުޅޭ ރައްޔިތުންގެ ބައެއް ފޮޓޯ އާއި ވީޑިއޯވެސް ޕަސަސްތީން އޮފިސަރު އޭނާއަށް ދައްކާލިކަމަށް ލިޔެފައިވެއެވެ.

އޭގެއިތުރުން ދިވެހިންގެ ފަރާތުން ލިބެމުންދާ އެހީއަށް ފަށްފަށުން ޝުކުރުވެރިވާކަމަށާއި  އަބަދުވެސް ހެޔޮދުއާ ކޮށްދިނުމަށް އޭނާ ހިއްސާކުރިކަމަށް އެ ޕޯސްޓްގައި ލިޔެފައިވެއެވެ.

"ދިވެހި ރައްޔިތުންނަށް އަޅުގަނޑު ނިހާޔަތަށް ޝުކުރުވެރިވަން، ޝުކުރިއްޔާ އެންމެހާ ލޮބުވެތި ދިވެހިން" ފަލަސްތީނުގެ އަސްކައްޔާގެ އޮފިސަރާ ހަވާލާދީ ދިވެހި ސިފައިންގެ މީހާ ލިޔެފައިވެއެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް