ads
އަލިފާން ރޯވި ފުރުޓް ޓްރީ ފިހާރަ
ފްރުޓްޓްރީ ޝޮޕްގެ ގުދަނުގެ އަލިފާނުގެ ހާދިސާއަށްފަހު މަޖިދީމަގު ހުޅުވައިފި
މިދިޔަ ބުރާސްފަތި ދހުވަހު މަޖީދީ މަގުގައި ހުންނަ ބަދަން ވިއްކާ ފިހާރަ ފްރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި ރޯވެ މަޖީދީ މަގު ބަންދު ކުރުމަށް ފަހު މަގު ސާފު ކުރުމަށްފަހު މިއަދު މަޖީދީ މަގު ހުޅުވާލައިފިއެވެ.
Advertisement

މިހާދިސާގައި ގެއްލުން ލިބުނު އިމާރާތުގެ ތަޅާލަންޖެހޭ ބައި ތަޅާލައި، އެތަން ސާފުކުރުމުގެ މަސައްކަތްކުރީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިންނެވެ.

އަލިފާނުގެ ހާދިސާ ހިނގިތަން ސާފުކުރުމަށް ކުރެވުނު މަސައްކަތްތާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ކެލާގޭގެ ތަޅާލަންޖެހޭ ބައިތަށް ތަޅައިލުމަށްފަހު، ކުނިތައް ނަގައި، އެ އިމާރާތް ސާފުކުރުމުގެ މަސައްކަތް ނިންމައިފައިވާކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށްޓަކައި މަޖީދީމަގުން ބަންދުކޮށްފައިވާ ސަރަހައްދު މިހާރު ހުޅުވައިލައިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަލިފާނުގެ ހާޙާދިސާގައި ގެއްލުންލިބުނު ތަންތަން ތަޅާލައި ސާފުކުރުމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕަބްލިކް ވާރކްސްގެ މުވައްޒަފުން ކުރެއްވި މަސައްކަތްތައް ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ފާހަގަކުރައްވާފައެވެ.

މިކަމާއި ގުޅިގެން އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ފާހަގަކުރެވިފައި ވެއެވެ. އެއީ 14 ދިވެހިންނާ 19 ބިދޭސީންނެވެ. މީގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވަނީ ހަމަޖައްސާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް