
މި ވަޒީފާ އަށް ހޮވޭ ފަރާތް ތަކަށް -/17,175 ރުފިޔާގެ މުސާރައެއް ލިބޭ މި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ބުރާސްފަތު ދުވަހު ސަރުކާރު ގެޒެޓް ގައި ކުރި އިއުލާނެއްގައެވެ.
މި ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަރވިއު އާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން ފާހަގަ ކޮށްފައި ވެއެވެ.
މި ވަޒީފާއަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ 2025 ފެބުރުއަރީ 06 ވަނަ ދުވަހުގެ 16:00 އެވެ. މި މަގާމަށް އެދޭ މީހުން ފޯމު ހުޝަހަޅަން ޖެހޭނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށާއި ގދ.އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށްށެވެ. އަދި މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.