
އައިޝަތު ރާއިޝާ (ރާއީ) އާއި ސާމީ ހުސެއިން ލީޑުން ފެންނަ މި ސީރީޒްއަކީ މީޑިއާނެޓްގެ މަގުބޫލު ސީރީޒް “ގަރީނާ” އަށްފަހު އެއްކާފުން މީޑިއާނެޓްގެ ސްޓްރީމިންގ ޕްލެޓްފޯމް ވީޑިއޯކްލަބަށް ޕްރޮޑިއުސްކޮށްދޭ ތްރިލާ ސީރީޒްއެކެވެ.
ދެމިނެޓާ ބައިގެ ޓްރެއިލައެއް މީގެ ދެދުވަހެެއް ކުރިން ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާއިރު މިހާތަނަށް ބައި ލައްކައަށްވުރެ ގިނަ ވިއުސް ވަނީ އެ ޓްރެއިލާއަށް ލިބިފައެވެ. މިއީ މިފަހުން ވީޑިއޯކްލަބްގެ އާ ކޮންޓެންޓެއްގެ ޓްރެއިލާއަށް ނުލިބޭ ވަރުގެ ބޮޑު ތަރުހީބެކެވެ.
ގަރީނާ، މަރްޔަމް، ބީވީމާ ފަދަ ބެލުންތެރިންގެ މަގުބޫލު އުފެއްދުންތަކުގެ ސްކްރީން ރައިޓަރ އަހްމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް އުފައްދާ “ހިންތާ” ޑައިރެކްޓްކުރަނީ ދިވެހި ހިޗްކޮކްގެ ގޮތުގައި ގިނަބަޔަކު ދެކޭ އެހެނަސް އަދި އިނގިލި ފަދަ އުފެއްދުންތައް ޑައިރެކްޓްކުރި ރަވީ ފާރޫގެވެ.
ދުނިޔޭގެ އެންމެ ބޮޑު ފިލްމް ޑޭޓާބޭސް އައިއެމްޑީބީގައި “ހިންތާ”ގެ ޕްލޮޓް ސަމަރީގައި ބުނަނީ “މިއީ ނުފޫޒްގަދަ ޖޯޑު ޔުމްނާ އާއި ޝިޔާޒްގެ ވާހަކައެވެ. އަދި ގައުމުގެ ތެލުގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނީގެ އެތެރޭގައި މޫ ލާފައިވާ ކޮރަޕްޝަންގެ ބޮޑު ވިއުގައެއް ޔުމްނާ ހާމަކުރާ ހިސާބުން އެދެމީހުންގެ ކައިވެންޏަށް އަރާ ލޮޅުމެވެ.
މި ސީރީޒްގެ މުހިންމު ރޯލްތަކުން. ރޯނު ހަސަން މަނިކު، ދަރާ ރަޝީދު، މަރިޔަމް ހަލީމް، ތާތި އާދަމް، ޝާކޯ އައްމަޑޭ، މުހައްމަދު މަނިކު އަދި ސައީދުފަދަ ތަރިން ފެނިގެންދާނެއެވެ.
10 އެޕިސޯޑްގެ މި ސީރީޒްގެ ކޮންމެ އެޕިސޯޑެއްގެ ޓައިޓްލްއާ ސްޓްރީމް ކުރާ ތާރީޚްވެސް ވަނީ އައިއެމްޑީބީގައި ލިސްޓްކޮށްފައެވެ.