ads
ތިން ކައުންސިލަކަށް ހަތަރު ފަޅުރަށް މިއަދު ދެނީ
ކައުންސިލުތައް ބާރުވެރި ކުރުވުމުގެ ގޮތުން، ރަށްރަށާއި ކައިރި ހިސާބުގައި ހުންނަ ފަޅު ރަށްތައް އެ ރަށްރަށުގެ ކައުންސިލުތަކަށް ދޫކުރަން ނިންމާފައިވާ އުސޫލުގެ ތެރެއިން ތިން ކައުންސިލަކަށް ހަތަރު ރަށެއް ދޭން ނިންމައިފިއެވެ.
Advertisement

ރަށު ފެންވަރުގައި އާާންމު ރައްޔިތުން ކުރާ މަސައްކަތް ތަކަށް އަދި ރައްޔިތުންގެ މަންފާއަށް ބޭނުން ކުރެވޭ ގޮތަށް ކައުންސިލްތަކަށް ފަޅުރަށްތައް ލިބިގަނެވޭ ގޮތް ހަމަޖައްސާ އެކަމަށް ބޭނުންވާ ގަވައިދު އެކުލަވާ ސަރުކާރުން އާއްމުކުރީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. މި ގަވައިދުގެ ދަށުން ޕްރޮޕޯޒަލް ހުށައަަޅައިގެން ހޮވޭ ކައުންސިލްތަަކަށް ފަޅުރަށްތައް ދޫކުރަން ނިންމާފައިވަނީ 25 އަހަރަށެވެ. 

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ޕްރޮޕޯޒަލް ހުޅުވާލައިގެން ހޮވުނު ތިން ކައުންސިލަކަށް ހަަތަރު ރަށެއް ރަސްމީކޮށް ހަވާލުކުރުން މިއަދު އޮންނާނެކަމަށެވެ. 

މިއަދު ރަށްތަށްދޫކުރާ ކައުންސިލާ އެ ކައުންސިލަށް ދޫކުރާ ރަށްތައް

  • ރ. އިނގުރައިދޫ ކައުންސިލަށް އެ އަތޮޅު ނެޔޮ
  • ދ. އަތޮޅު ކައުންސިލަށް އެ އަތޮޅު މިނިމަސްގަލި އަދި ފެންފުށި 
  • ލ. މާވަށް ކައުންސިލަށްް އެ އަތޮޅު ބޮޑުމާބުޅަލި

ފަޅުރަށް ކުއްޔަށް ހިފަން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި އެންމެ ފުރަތަމަ ޕްރޮޕޯޒަލް ހުށައެޅި ހަތަރު ކައުންސިލްގެ ތެރޭގައި އިނގުރައިދޫ ކަައުންސިލާއި ދ. އަތޮޅު ކައުންސިލާއި ލ މާވަށު ކައުންސިލް ހިމެނެެއެވެ. 

ކައުންސިލްތަކަށް ދޫކުރުމަށް 28 ރަށެއް ކަނޑައަޅާ މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. 

ކައުންސިލަތަކަށް ފަޅުރަށްތައް ދޫކުރާ ގަވައިދުގައި ވާ ގޮތުން ރަށެއް ހޯދުމަށް ކައުންސިލުން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ ރަށުގެ ރައްޔިތުންނާއެކު ބޭއްވޭ މަޝްވަރާ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާާސް ކުރުމަށް ފަހުގައެވެ. އަދި އެ ރަށެއް ނިސްބަތްވާ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ހުއްދަ ވެސް ހޯދަން ޖެހޭނެ އެވެ. އެއަށްފަހު ޕްރޮޕޯސަލް ހުށަހެޅުމުން އެ ވަޒަންކުރާނީ ލޯކަލް ގަވާމެންޓް މިނިސްޓްރީންނެވެ.

އެ ގަވައިދުގައި ވާގޮތުން ކައުންސިލްތަކަށް ހުށަހެޅޭނީ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރެއްގައި ހިމެނޭ ރަށެއް ހޯދުމަށެވެ. ނަމަވެސް އެ އަތޮޅުގައި އެފަދަ ރަށެއް ނެތް ނަމަ އެހެން އަތޮޅަކަށް ނިސްބަތްވާ ރަށެއް ހޯދުމަށް ވެސް ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް