
މިއީ ދައުލަތުގެ އެންމެ އަގުބޮޑު އެސެޓްތައް ލާމަރުކަޒީ އުސޫލުން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން ބުނީ މި ރަށްތަކާމެދު އަމަލުކުރާނެ ގޮތް ކަނޑައަޅާނީ ރައްޔިތުންގެ ބައިވެރިވުމާއެކުގައިކަމަށެވެ. އަދި މި ރަށްތަކުގެ މަންފާ ސީދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ހާއްސަކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
ރައީސްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫއުގެ ދަށުން މިހާތަނަށް 3 ކައުންސިލަކާ 3 ރަށެއް ހަވާލުކޮށްފައިވެއެވެ. އަދި އިތުރު ކައުންސިލްތަކަށްވެސް މި ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ޕްލޭނަކާއެކު ކުރިއަށްގެންދާ މި މަސައްކަތުގައި، ކައުންސިލްތަކުން ރައްޔިތުންނާއެކު އިސްނަގައިގެން މި ފުރުސަތުގެ ބޭނުން ހިފުމަށް ރައީސް އިލްތިމާސްކުރައްވައިފައިވާކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.