މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އާއި އިންޑިއާގެ ހައިކޮމިޝަނަރު ޝްރީޖީ. ބާލާސްބްރަމަނިއަމްއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.
އެގްރިކަލްޗަރ މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު އުނގެނުމުގެ ފުރުސަތުތައް އިތުރުކުރުމާއެކު، ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ބައްދަލުވުމުގައި އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަންނީ މާހިރުންގެ އެހީތެރިކަން ރާއްޖެއަށް ހޯދުމާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް އިންޑިއާގެ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކުރުމަށްވެސް މަޝްވަރާކުރެވުނެވެ.
މީގެއިތުރުން ދިރޭތަކެތީގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާއި، ފުޑް ސެކިއުރިޓީއާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.