
މިއަދު އޭނާ ގެއިން ބޭރަށް ނުކުރީ އޭނާގެ އަންހެނުން ކަރީނާ ކަޕޫރާއެކުއެވެ.
ޖެނުއަރީ 16 ވަނަ ދުވަހުގެ ރޭ ސައިފްގެ ގެއަށް ވަދެ ދިން ހަމަލާގައި އޭނާއަށް 6 ފަހަރު ވަޅިން ހަމަލާދިނެވެ. މި ހަމަލާގައި އޭނާގެ ބުރަކަށީގައި 2.5 އިންޗީގެ ވަޅި ހަރުވިއެވެ. އަދި ކަރުގައާއި އަތުގައިވެސް ވަޅިން ޒަހަމްވިއެވެ.
ހަމަލާ ދިނުމަށްފަހު ސައިފް ވަގުތުން ލީލަވަތީ ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އޭނާއަށް ސަރޖަރީއެއް ހެދުމަށްފަހު ޖެނުއަރީ 21 ވަނަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލިއެވެ. މިއަދު އޭނާ ބޭރަށް ނުކުތްއިރު ސަލާމަތީ ބާރުތަކުގެ މީހުން ވަށައިގެން ތިބިއެވެ.
މުންބާއީ ޕޮލިހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، ހަމަލާ ދިން މީހާއަކީ ބަންގްލަދޭޝްގެ މުހައްމަދު ޝަރީފުލް އިސްލާމް ޝެހްޒާދު ކަމަށް ވަނީ އެނގިފައެވެ. އޭނާ ވަނީ އެހެން ނަމެއްގައި ހައުސްކީޕިންގ އޭޖެންސީއެއްގައި މަސައްކަތް ކުރަމުން ގޮސްފައެވެ.