
"އެސްޓީއޯ" ގެ މީޑިއާ އޮފިޝަލް ޝާހު އާއި ސީއެންއެމްއަށް ވިދާޅުވީ ކުރީ ރޯދަމަސްތަކަށް ވުރެ ފުރިހަމަ ކަންތައްތަކެއް ފެނިގެން ދާނެ ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ އަންނަ މުހެގެ ތެރޭގައި އެސްޓީއޯއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތް ތަކާއި ޕްރޮމޯޝަން ތަކުގެ މައުލުމާތު ދިނުމަށް ހަމަޖެހިފައި ވާކަމަށެވެ. އަދި އެ މައުލޫމާތު ތަކާއި އެކު ނޫސްވެރިންނާއި އެކު ވެސް ބައްދަލުވުން ބާއްވާނެ ކަމާށެވެ.
އޭގެ އިތުރުން އޭނާ ސީއެންއެމް އަށް ވިދާޅުވީ ރޯދަ މަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ބެހުމަށް ހަމަޖެހިފައިވާ މަސްދަޅުކޭސް އަންނަ މުހުގެ 20 ނުވަތަ އެޔައްވުރެ ވެސް ކުރިން ބަހަން ފެށޭވަރުވާނެކަމަށެވެ. ނަމަވެސް ވަކި ތާރީހެއްދޭން އަދި ނޭނގޭ ކަމަށެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު އެސްޓީއޯ އިން ހިންގާފައިވާ ތަފާތު ހަރަކާތް ތަކުގެ ތެރެއިން އެސްޓީއޯގެ ހެޑް އޮފީހުގެ ފޮޓޯއެއް ނެގުމަށްފަހު ފޭސްބުކަށް ޕޯސްޓްކޮށްލުމުން އެންމެ ގިނަ ލައިކް ލިބޭ ފޮޓޯ އަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗަރ އެއް ލިބޭ ޕްރޮމޯޝަންގެ އިތުރުން ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފިހާރަތަކުގައި ބޭއްވި އެ ކުންފުނިން ވިއްކާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ވެސް ފާހަގަ ކޮށްލެވެއެވެ.