މިކަން އިއުލާންކުރެއްވީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އިސްލާމިކް މިނިސްޓްރީން މިކަމާ ގުޅޭގޮތުން ބުނީ، މިހާތަނަށް ގައުމީ ގުރުއާން މުބާރާތް ކުރިއަށް ގެންދިޔައީ އަމިއްލަ ފަރާތްތަކުން ދޭ އެހީގެ މައްޗަށް ބަރޯސާވެގެން ކަމަށެވެ. ނަމަވެސް މިއަހަރުން ފެށިގެން މި މުބާރާތަކީ ދައުލަތުގެ ބަޖެޓުން ސީދާ ހަރަދުކުރާ މުބާރާތަކަށް ހަދަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރައީސް މުއިއްޒު ވަނީ 2025 ވަނަ އަހަރުގެ ބަޖެޓުގައި މި މުބާރާތަށް ހާއްސަ ބަޖެޓެއް ހިމަނުއްވާފައެވެ. އަދި މިއީ ރާއްޖޭގައި އެންމެ ބޮޑެތި އިނާމުތައް ދޭ މުބާރާތަށް ހެދުމަށްވެސް ނިންމަވާފައިވެއެވެ. މީގެ އިތުރުން، ގުރުއާން ހިތުދަސްކުރާ ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ވަކި ހާއްސަ ރަސްމިއްޔާތެއްގެ ގޮތުގައި ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.