ads
އައްޑޫ ހަންކެޑެ
އައްޑޫ ހަންކެޑެ ބްރިޖު އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލަނީ
އައްޑޫ ސިޓީ ހަންކެޑެ ޑިއުޓާ ލިންކް ރޯޑް ބްރިޖު އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
Advertisement

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިދޔަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް ކުރެއްވީ ރަސްމީ ދަތުރުފުޅުގައި ހަންކެޑަ ބްރިޖުގެ މަސައްކަތް ނިިމުން ފާހަގަކޮށް ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލުކުރިއެވެ.

ހަންކެޑެ ބްރިޖު މި މަޝްރޫއަކި އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓާ ޑްރެއިނޭޖް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ނިންމާފައިވާ މަޝްރޫއެކެވެ. އެގޮތުން މިމަސައްކަތް ކުރިއަށް ގެންދެވިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.

ހަންކެޑަ ބްރިޖުގެ މަސައްކަތް ފެށި މިދިޔަ ސަރުކާރުން 2012 ވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ. އައްޑޫ މަގު ހެދުމުގެ މަޝްރޫއާއި އެކު ހެދި ހަތަރު ލޭންގެ މި ބްރިޖުގެ ދިގުމިނުގައި 1.4 ކިލޯ މީޓަރު ހުރެއެވެ. 

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކޮށް 8000 އެނދު ތަރައްގީކުރުމަކީ މިދިޔަ ސަރުކާރުގެ ވައުދެކެވެ. އަދި މި މަސައްކަތުގެ ދަށުން މި މަޝްރޫއު ހިންގުމަށްް މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން (އެމްއެފްްއެމްސީ) އިން ޗައިނާގެ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. 

ހަންކެޑެ ތަރައްގީކުރުމަށްޓަކައި އެރަށުގެ ތެރެއިން އެއްބައި ލިންކްރޯޑުގައި އޮތުމުން، އޭގެ ބަދަލުގައި ރަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫއާއި ގުޅުވާލުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށާ އެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ނިންމާލާފައެވެ. 

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިގިލާބީ ބަދަލެއް ގެނުވައިދިނުމުގެ އިތުރުން، އައްޑޫސިޓީ ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމެވެ. މިއީ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.

މި މަޝްރޫއުއާއެކު އައްޑޫގައި 1,500 ވަޒީފާ އުފެދޭނެ ކަމަށް އެމްއެފްއެމްސީން ލަފާކުރެ އެވެ. މިއީ 25,000 ޓޫރިސްޓުންނަށް އަމާޒުކޮށް ހިންގާ މަޝްރޫއުއެކެވެ.

 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް