
އޭނާ މިއަދު ސީއެންއެމް އަށް ދެއްވި އިންޓަވިޔު އެއްގައި ވިދާޅުވީ ކުރީގެ ހުރިހާ ވެރިކަން ތަކެއްގައިވެސް ފެންނަމުން ދިޔައީ އިދިކޮޅުން ރާވާ ހިނގާ ހަރަކާތް ތަކަށް އެއިރެއްގައި ވެރިއަކަށް ހުންނަ ބޭފުޅެއްގެ ބާރާއި ނުފޫޒުގެ ބޭނުން ކޮށްގެން ނުވަތަ ކޮންމެވެސް ސިފައެއްގައި އެކަމަށް ހުރަސް އަޅައި ހުއްޓުވަމުންކަމަށެވެ.
ރައީސް ޑރ:މުއިޒުގެ ވެރިކަން ފެށުމަށްފަހު އެއްއަހަރު ވެފައުވާއިރު އިދިކޮޅު އެމްޑީޕީން އަންނަނި އެކި ވަރުގެ އެއްވުންތަކާއި ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ރޭގައި ފުދިއްޖެ ފުނޑިއްޖެ ނަމުގައި ބޭއްވި ހިގާލުމަކީ މިހާތަނަށް އެންމެ ދުރާލާ ރޭވިގެން ބޭއްވިގެން ދިޔަ ބޮޑު އެއް ހަރަކާތެވެ. މި ހިނގާލިމުގައި ބައިވެރިވުމަށްޓަކައި ރާއްޖެތެރެއިންވެސް މީހުންވަނި މާލެ އައިއްސައެވެ.
އެމްޑީޕީގެ އެއްވުން
ނިމިދިޔަ ރައީސް އިބޫ ގެ ވެރިކަމުގެ ދުވަސް ވަރު އިދިކޮޅު މައި ޕާޓީގެ ގޮތުައި އޮތް ޕީޕީއެމް އިން ރައީސް ޔާމީނުގެ ހައްގުތައް ހިމާޔަތް ކުރުމުގެ ނަމުގައި އަދި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގި ހަރަކާތް ތަކަށް ފުލުހުންގެ ބޭނުން ކޮށްގެން ވަނީ ހުއްޓުވާފައެވެ.
އިންޑިޔާ ސިފައިން ރާއޖެއިން ބޭލުމަށް ޕީޕީއެމް އިސްވެ އޮވެ ހިނގި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅާ މަންޒަރު
އިތުރަށް ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ރޭގައި އެމްޑީޕީ މައިގަނޑު ގޮތެއްގައި ކުރިކަމަކީ މީހުންގެ އަބުރާއި ބެހުން ކަމަށެވެ. އެގޮތުން ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އަދި އެންސްޕާ ގެ ސީއީއޯ ހީނާވަލީދު އަށްވެސް ވަނީ ވަރަށް ހަޑި ހުތުރު ބަސްތައް ރައްދުކޮށްފައިކަމަށް އާޒިމާ ވިދާޅުވިއެވެ . އަދި ރައީސްގެ ދެ ކަނބަލުންނާއި ސަރުކާރުގެ އިސް ވެރިންގެ އަބުރަށް ވެސް އަރައިގެންފައިވާކަމަށް ވެސް އާޒިމާ ވިދާޅުވިއވެ. .
ރޭގައި ފެނިގެން ދިޔައީ މިހާރުގެ ވެރިކަން އޮތީ ރަނގަޅު ފައްތަރެއްގައި ކަމާ ރައީސް މުއިޒުގެ ކޮންފިޑެންސް އަދި ގާބިލުކަން ހުރި މިންވަރު ކަމަށާ، އިދިކޮޅުން ހިނގާ މިފަދަ ހަރަކާތް ތަކަށް އެމަނިކްފާނު މާބޮޑު ހާސް ކަމެއް ނެއްކަން ކަމުގައި އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް ރޭގައި ފެނިގެންދިޔައީ އެމްޑީޕީއަށް ރޭ ލިބިގެން ދިޔަ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ނާޖާއިޒް ފައިދާނަގައި އެތައް ބައެއްގެ އަބުރު ކަތިލި މަންޒަރު ކަމަށެވެ. އަދި އެކަން ވަރަށް ބޮޑަށް ކުއްވެރި ކުރާ ކަމަށެވެ.
މިކަމާއި ވިދިގެން އާޒިމާ ވަނީ އެކްސް ގައި ރައީސް މުއިޒުއަށް ތަހުނިޔާ ފޮނުއްވައި ޝުކުރު އަދާކުރައްވާފައެވެ.
މި ހިނގާލުން ބޭއްވުނީ މާލޭގެ މައި މަގުތަކުގައި ކަމަށްވާއިރު، ފުލުހުން ވަނީ މި ހަރަކާތް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެ ދިނުމުން ކަމަށް އެ ކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އާޒިމާ ވިދާޅުވެފައިވަނީ ފެނިގެން ދިޔައީ ޑިމޮކްރަސީގެ ރިވެތި މިސާލެއް ކަމަށެވެ. އަދި އެނގިގެންދަނީ ސަރުކާރުން ސުލްހަވެރި އެއްވެއުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އިޙްތިރާމްކުރާކަމެވެ.
އާޒިމާ ޝަކޫރުގެ އިތުރުން ވެސް ގިނަ ސިޔާސީގޮތުން މަޝްހޫރު އެތައް ލީޑަރުންނެއް އަންނަނީ ރޭގެ ހަރަކާތަށް ފަހު ރައީސް މުއިޒުއަށް ތަހުނިޔާ ފޮނުވަމުންނެވެ. އަދި ރޭގައި އިދިކޮޅުން ރައީސް މުއިޒުގެ އިސްތިއުފާ އަށް ގޮވުމުން އެކަމާ ވަރަށް ނުރުންވެ ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް އަންނަނީ އެމްޑީޕީއަށް ފާޑުކިޔަމުން ކަމަށް އާޒިމަ ވިދާޅިވިއެވެ. އަދި ހިޔާލު ފާޅުކުރުމުގެ ބަދަލުގައި ރޭ އެމްޑީޕީން ހިންގީ ވަރަށް ނުބައި ޖަރީމާއެއްގެ ގޮތުގައި ވެސް ސިފަކޮށްފައެވެ. އަދި މިފަދަ ކަން ކަމަށް ފިޔަވަޅު އެޅުމަށް ރައީސް މުއިޒު ޖެހިވަޑައިގަންނަ ވާ ކަމަށްވެސް އެ ފަރާތް ތަކުން ބުނާކަމަށް އާޒިމަ ވިދާޅުވިއެވެ.