ads
ޑައިވިން: ފޮޓޯ ވެކޭޝްން ޓު މޯލްޑިވްސް
ހުޅުމާލެ އާއި ހުޅުލެ ވަށައިގެން 17 ކިލޯމީޓަރުގެ ފީނުމުގެ ރެކޯޑެއް ހަދަނީ
ހުޅުމާލެ އާއި ހުޅުލެ ވަށައިގެން 17 ކިލޯމީޓަރަށް ފީނައިގެން ދުނިޔޭގެ އެންމެ ދިގު ސިންގަލް އޯޕަން ވޯޓާ ޑައިވްގެ ރެކޯޑު ހެދުމަށް އޯޝަން ސިކްސް ފިފްޓީން އިން މަސައްކަތް ފަށައިފިއެވެ.
Advertisement

އަންނަ ބުދަ ދުވަހު ކުރިއަށްގެންދާ މި ހަރަކާތުގައި 6 ގަޑިއިރަށްވުރެ ދިގުނުވާނެ ގޮތަށް ފީނުމުގެ ރެކޯޑު ހެދުމަށް ރާވާފައިވާ ކަމަށް އޯޝަން ސިކްސް ފިފްޓީން އިން ބުނެއެވެ. "އެކްރޮސް މޯލްޑިވްސް" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގެ ފުރަތަމަ ފިޔަވަސް މިއަދު ހުޅުމާލެ ބީޗް ސަރަހައްދުގައި ވަނީ އިފްތިތާހުކޮށްފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް މި ހަރަކާތް އިފްތިތާހުކުރެއްވުމަށްފަހު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ ރާއްޖެއަށް ޓޫރިސްޓުން އެޓްރެކްޓްކުރުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން ރާއްޖެ ތައާރަފުނުވާ ގިނަ ބަޔަކަށް ރާއްޖެ ތައާރަފުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޯޝަން ސިކްސް ފިފްޓީން ރާވާފައިވާ މި ހަރަކާތުގެ ދެވަނަ ފިޔަވަހީގައި ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް 460 ކިލޯމީޓަރު ދުރުމިނަށް ފީނުމުގެ ރެކޯޑެއް އަންނަ އަހަރު ހެދުމަށް ވަނީ ރާވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް