ލޯކަލް ގަވަމަންޓް މިނިސްޓަރު އާދާމް ޝަރީފް މިހެން ވިދާޅުވީ އެ މިނިސްޓްރީގެ 5 އަހަރުގެ ޕްލޭނާއި، 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާހުކޮށްދެއްވާ އެކަމަށް ރޭ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ލޯކަލް ގަވަމަންޓް މިނިސްޓްރީއަކީ މިއަދުވެސް މުޅި ރާއްޖެއަށް ފެތުރިފައިވާ ވަރަށް ބޮޑު މިނިސްޓްރީއެއް ކަމަށެވެ.
މުޅި ރާއްޖެ ތަރައްގީކުރުމުގައި، ހާއްސަ ގޮތެއްގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއެކު، ކުރެވޭ މަސައްކަތުގައި ލޯކަލް ގަވަމަންޓް މިނިސްޓްރީން ވަރަށް މުހިންމު ދައުރެއް އަދާކުރަން ސަރުކާރުން ވަރަަށް ބޮޑަށް ބޭނުންވާކަމަށްވެސް އާދަމް ޝަރީފް އެ ރަސްމިޔާތުގައި ވިދާޅުވިއެވެ.
ރޭ އިފްތިތާހުކުރެވުނު 5 އަހަރު ދުވަހުގެ ޕްލޭނުގައި ރައީސް މުއިއްޒުގެ ވައުދުފުޅުތަކާއި އަދި ސަރުކާރުން ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށް ޓަކައި، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި ވާކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ފާހަގަކުރެއެވެ.
5 އަހަރުގެ ޕްލޭނާއި، މި ހިނގާ 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕްލޭންގެ މައްޗަށް ބަލައިލާ ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ލޯކަލް ގަވަމަންތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ ހުށަހަޅައި ދެއްވިއެވެ. އަދި އެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވިރިވިއެވެ.