މިއަދު އެމްއޭސީޢެލް އިން އޮފީސްތަކުގެ ޑްރާމާ މުބާރާތުގެ ޝޫޓިން ފެށުމަށް ޕްރޮޑަކްޝަން ޓީމާއި އެކްޓަރުން ވަނީ ކ. ކާށިދޫއަށް ފުރާފައެވެ.
އެމްއޭސީއެލްއިން މި އަހަރު ތައްޔާރުކުރާ ޑްރާމާއަކީ މޫމިން ފުވާދުގެ ސްކްރިޕްޓަކަށް ކޮޕީސް އިސްމާއިލް ރަޝީދު ޑައިރެކްޓުކުރާ ޑުރާމާއެކެވެ.
މިއަދު ސީއެންއެމްއާ ވާހަކަ ދައްކަމުން އިއްސެ ބުނީ، މި އަހަރު ވެސް ޑްރާމާ ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަންއެބައޮތް ކަމަށެވެ. އޭގެ އެންމެ ބޮޑުއެއް ސަބަބުގެ ގޮތުގައި އިއްސެ ހީލާފައި ބުނީ "ޝޯލޭ ޓީމް" ޓެކްނިކަލް ޓީމެއްގެ ގޮތުގައި އޮތުން ހިމެނޭކަމަށެވެ.
މި ޑުރާމާގެ ސްކްރީން ޕްލޭ އަދި ޑައިރެކްޓާ އޮފް ފޮޓޯގްރަފީގެ ގޮތުގައި ކާމިޔާބު ޑައިރެކްޓަރު މޫމިން ފުވާދު މަސައްކަތް ކުރާއިރު، ޑުރާމާގެ އެޑިޓިން އަދި ޕޯސްޓު ޕްރޮޑަކްޝަން ކުރިއަށް ގެންދާނީ މަޝްހޫރު ފިލްމީތަރި އަދި އެންމެ ކުޅަދާނަ އެއް އެޑިޓަރު އަހުމަދު އާސިމްއެވެ.
މިގޮތުން 2019 ވަނަ އަހަރު ކޮޕީ އިއްސެ ޑައިރެކްޓުކުރި އެމްއޭސީއެލްގެ ޑުރާމާ "ނަކަލު" ވަނީ އެ އަހަރުގެ އެންމެ މޮޅު ޑްރާމާގެ އެވޯޑު ހޯދާފައެވެ. އެ ޑުރާމާގެ ސްކްރިޕްޓު ލިޔެފައިވަނީ ވެސް މޫމިން ފުވާދެވެ.
ކޯލު ނިންމާލަމުން އިއްސެ ބުނީ "މިކަމުގައި ދެން ސަމާސާ ކުރަން ނެތިން،" ކަމަށެވެ.