ads
ދާހިލީ ވަޒީރު އަލީ އިހްސާން
އިހުސާނުގެ ވިސްނުމަކީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުން
ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށް، މުހިއްމު ހިޔާލުތަކެއް، ހޯމް މިނިސްޓަރު އަލީ އިހްސާން ހުށަހަޅުއްވައިފިއެވެ.
Advertisement

ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށް، މުހިއްމު ހިޔާލުތަކެއް، ހޯމް މިނިސްޓަރު އިހްސާން ހުށަހެޅުއްވީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފެށި "ބަންދު ފޯރަމް"ގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ގިނަވާ މައްސަލަ ހައްލުކު ރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފެށި "ބަންދު ފޯރަމް"ގައި ޝަރީއަތްތައް ދިގުލައިގެންދާތީ، މީހުން ބަންދުގައި ހޭދަކުރަން ޖެހޭ މުއްދަތު އިތުރުވާ މައްސަލައިގައި ރަނގަޅު އެކައުންޓަބަލް ސިސްޓަމެއްގެ މުހިއްމުކަން އިހްސާންވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ގާޒީއެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލައެއް އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ނުވަތަ އޭގެ ތަފްސީލެއް ނުދީ ދިގުލައިގެންދާ ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެގޮތަށް އަމަލުކުރާ ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް މުހިންމު ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިހާރު ފުލުހުންގެ ތެރޭގައި ބައެއް ކަހަލަ މައްސަލަތައް ހޭލާ ތިބެގެން ވެސް އެބަ ނިންމާ. ސަބަބަކީ ޖަވާބުދާރީވާން އެބަޖެހޭ މިތައް ދުވަހުގެ ތެރޭގައި އެ މައްސަލައެއްގައި ދައުވާ ނުކޮށްފިއްޔާ. ހަމައެއާއެކު އެ މީހާ އެބަ ދޫވޭ މިތައް ދުވަސް ތެރޭ ދައުވާ ނުކޮށްފިއްޔާ އަދި މިތައް ދުވަސް ތެރޭ ކޯޓަށް ހާޒިރު ނުކޮށްފިއްޔާ ދޫ އެބަވޭ. އެ މީހާ ޖަބާވުދާރީވާން އެބަ ޖެހޭ ސުވާލު އެބަ ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"ނުނިންމައިފިއްޔާ ދެން ކާކުހޭ ބަލަނީ އޭނާ އެ މައްސަލަ ނިންމިތޯ ނުވަތަ ނުނިންމާތޯ. ނުނިންމާ ކަމަށްވާ ނަމަ، އަޅާނެ ފިޔަވަޅެއް ނެތީތޯ. އަޅުގަނޑަށް ހީވަނީ ޕެރަލަލްކޮށް އެކައުންޓިބިލިޓީ އަންނަން ޖެހޭނެހެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް ކޯޓު ހަދައި މުވައްޒަފުން ލައިގެން ހަރަދުތަކެއް އެބަ ކުރާ ކަމަށާއި އެހެންވެ ޖިނާއީ ހުރިހާ މައްސަލަތަކެއް ކްރިމިނަލް ކޯޓުން ބަލަން ޖެހޭ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ކްރިމިނަލް ކޯޓުގައި ޖާގަ ނެތުމުން، މައްސަލަތައް ކުރިއަށް ނުދާ ކޯޓުތަކުގައި ޝަރީއަތްތައް އޮންލައިންކޮށް ގުޅައިގެން ނަމަވެސް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް