ads
ފޮޓޯ: އެޗްޑީސީ
އެޗްޑީސީގެ އެއްގެއިން އަނެއްގެއަށް ބޮޑު ތަރުހީބެ އެބަލިބޭ: އެޗްޑީސީ
ހައުސިން ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗްޑީސީ)ން ކުރިއަށް ގެންދާ އެއްގެއިން އަނެއްގެއަށް ޕްރޮގްރާމްއަށް ހުޅުމާލޭ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެ ކޯޕޮރޭޝަން އިން ބުނެފިއެވެ.
Advertisement

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ، ގޭބީސީތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުން ދާއިރު ގޭގައި ބޭނުން ކުރާ ބައެއް ތަކެތި އުކާލުމުގެ ބަދަލުގައި ، އޭގެ ތެރެއިން ބޭނުން ކުރެވޭ ހާލާތުގައި ހުރި ތަކެތި  ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހަދިޔާކުރުމަށް މަގުފަހިކުރުމުގެ ގޮތުން "އެއްގެއިން އަނެއްގެއަށް" އެ ނަމުގައި ޕްރޮގްރާމެއް ފެށީ މިމަހުގެ 1 ވީ ހޮނިހިރު ދުވަހުއެވެ.

ޕްރޮގްރާމް ކުރިއަށް ދާތާ 3 ދުވަސްވީއިރު "ސީއެންއެމް" ގެ ނިއުސްޓީމުން ވަނީ ޕްރޮގްރާމްގެ އަޕްޑޭޓެއް ހޯދާލުމަށް އެޗްޑީސީގެ މީޑިއާ އޮފިޝަލާ ވާހަކަދައްކާފައެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން އެޗްޑިސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޕްރޮގްރާމްކުރިއަށް ދާއިރު ހުޅުމާލޭގެ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށާއި ޕްރޮގްރާމްއަށް ކޮންޓްރިބިއުޓް ކުރުމަށްވެސް ވަަރަށް ގިނަ ކޯލްތައް އެ ކޯޕޮރޭޝަންއަށް ލިބެމުން ދާކަމަށެވެ.

ޕްރޮގްރާމް ކުރިއަށް ގެންދިޔަ ފުރަތަަމަ ދުވަހު 20 ފަރާތެއްް ކޮންޓްރިބިއުޓް ކުރި އިރު، ތަކެތި ބަލާ ފަސްކޮށް 23 އައިޓަމެއް އެޗްޑީސީން ރިސީވް ކުރިކަަމަށް އެޗްޑީސީ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އަދި ހަމަ އެދުވަހު 5 އައިޓަމެއް  ދޫކުރިމަަށް އެ ކޯޕޮރޭޝަނުން ބުނެއެވެ.

ޕްރޮގްރާމް ކުރިއަށް ދިޔަ ފެބްރިއަރީ 2 ވަނަ  ދުވަހު 21 އައިޓަމެއް ލިބިފައިވާއިރު ، އެދުވަހު 23 އައިޓަމެއް ދޫކޮށްފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި އިިއްޔެ ޖުމްލަ 8 އެއްޗެއް  ލިބުނު އިރު ، 8 އެތި ދޫވެސްކޮށްލެވިފައިވާކަމަށް އެޗްޑީސިން ބުނެއެވެ.

"މިވަގުތަށް ޓޯޓަލް އަކީ އިންކުއަރީސް 190، މި 3 ދުވަހުގެ ތެރޭގައި، ކޮންޓްރިބިއުޝަން 42 ، އެޗްޑީސީއަށް އިންސްޕެކްޓް ކުރެވުނީ 36 ތަކެތި، ރިސީވްވީ 52 އައިޓަމްސް، ރިލީޒް ކުރެވިފައި 32 އައިޓަމްސް" އެޗްޑީސީގެ މީޑިއާ އޮފިޝަލު މައުލޫމާތު ދިނެވެ.

ޕްރޮގްރާމް ކުރިއަށް ގެންދާއިރު އާންމުންނަށް މައުލޫމާތު ދީފައި އޮންނާނީ ، އެޗްޑީސީން މިފަހަރު އިސްކަން ދޭނި ފަރިނީޗަރު އަދި އިލެކްޓްރޯނިކްސް، އެ 2 ބަވަތުގެ ތަކެއްޗަށް ކަމަށް އެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އެގޮތުން ފަރުނީޗަރު ސޯފާ އެނދު މޭޒު، އިލެކްޓްރޯނިކްސްގެ ތެރެއިން ޓީވީއާއި އަވަން ، އައިސަލަމާރި ފަދަ ތަކެތި ހިމެނޭކަމަށް އެޗްޑީސީގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

your imageފޮޓޯ: އެޗްޑީސީ

ފެބްރުއަރީ 1 އިން ފެށިގެން 16 އާ ހަމައަށް މި ޕްރޮގްރާމް ކުރިއަށް ގެންދާއިރު ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން އެކަން ކުރެވޭނެއެވެ. އަދި ތަކެތި ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ އާދިއްތަ އިން ބުރާސްފަތި ދުވަހަށް 15:00 އިން 18:00 އަށެވެ. ހުކުރު ދުވަހު 15:00 އިން 18:00 އަށް އަދި ހޮނިހިރު ދުވަހު 10:00 އިން 18:00 އަށެވެ. 

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ރަމަޟާން މަހުގެ ރޫހާ އެއްގޮތަށް އެކަކު އަނެކަކަށް އެހީތެރިވުމުގެ އިތުރުން، ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި މަދުކުރުމެވެ. އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އަލުން ބޭނުންކުރުމަށް ހިތްވަރުދިނުން ކަމުގައި އެޗްޑީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް