ފުލުހުން ބުނީ މާވެޔޮމަގުގައި ހުންނަ ކެފޭއެއްގައި މަރާމާރީއެއް ހިނގާފައިވާމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 12:10 ހާއިރުކަމަށެވެ. އެގޮތުން މާރާމާރީ ހިންގީ ކެފޭގައި މަސައްކަތްކުރާ ނޭޕާލްއަށް ނިސްބަތްވާ ކައްކާ މީހާއާއި އެ ކެފޭގައި އެހީތެރިއެއްގޮތައް މަސައްކަތް ކުރަން ހުންނަ ބަންގްލަޑޭޝް މީހާގެ ދެމެދު ކަމަށް ފުލުހުން ބުނެއެވެ.
މިވަގުތު އައިޖީއެމްއެޗް ހޮސްޕިޓަލަަށް ގެންގޮސް ދެ މީހުންނަށްވެސް ފަރުވާދެމުން ކަމަށް ފުލުހުން ބުނެއެވެ.
މާރާމާރި ހިންގަން މެދުވެރި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން މީހަކު ވަޅިއެއް ހިފައިން ހުންނަތަން ފެނެއެވެ. އަދި ތަޅުންގަނޑުގައި 2 މީހަކު އަނިޔާވެފައި އޮތް އިރު ތަޅުންގަނޑު މަތިން ފެނިގެންދަނީ ހުސް ލޭ ހޭކިފައި ހުރި މަންޒަރެވެ.