ads
މާލޭގެ މަގުތަކަށް އަޅާފައިވާ ކުނިތައް ކައުސިލުން ނަގަނީ
ރޯދަ މަހު އުނދަގޫވާގޮތަށް މަގުމައްޗަށް ކުނި ނާޅަން އީޕީއޭއިން އެދެފި
ރޯދަ މަހު އާންމުންނަށް އުނދަގޫވާނެ ގޮތަކަށް މަގުމައްޗަށް ކުނި ނާޅަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން އެދެފިއެވެ.
Advertisement

އީޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އާންމުން މީހުން ބޭނުން ކުރާ ތަންތަން ރޯދަމަހަށް ސާފުކޮށް ޒީނަތްތެރިކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެން ދާކަމަށެވެ.އެގޮތުން އުފެދިގެންދާ ކުނި ރަށްރަށާއި ސިޓީ ތަކުގެ މަގުމައްޗާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން ފާހަގަވެފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އޭގެއިތުރުން މިހާރަކަށް އައިސް އާންމުކޮށް ގޭބީސީތަކުންނާއި ފިހާރަތަކުން އުފެދޭ ކުނި ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަކަން ފާހަގަވެފައިވާކަން އީޕީއޭއިން ބުނެއެވެ.

"އެއީ މަގުތައް ނުސާފުވެ މަގުތައް ބޭނުން ކުރާ ފަރާތަތަަކަށް ނުހަނު ބޮޑު ދަތިތަކެއް ދިމާވެ ސިއްހީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމުގައިވާތީ، މަގުމައްޗަށައި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނި ބުނި ނޭޅުމަށް ދަންނަވަން" އީޕީއޭއިން ބުނެއެވެ.

އަދި ރޯދަ މަހަށް ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދާއިރު ކުރިޔާޅާ ކުނިއުކާލެވޭނެ އިންތިޒާމް ރަށްރަށުގައި ނަމަ އެރަށެއްގެ ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތްތަކާއި އަދި ސިޓީ ތަކުގައި ވެމްކޯ އާ ގުޅުމަށްފަހު ހަމަޖެއްސުމަށް އީޕީއޭއިން އިލްތިމާސްކުރެއެވެ.

އީޕީއޭއިން ވަނީ ، ތިމާވެށި ތަގައްޔަރުވާނެފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ  ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މަނާކަމެެއް ކަަމަށް ފާހަގަކޮށްފައެވެ.

އެހެންކަމަށްވުމާއެކު ހުރިހާ ފަރާތްތަކުން ވެސް ކުނި މެނޭޖްކުރުމުގެ ގާނޫނާ އެއްގޮތައް ކުނި މެނޭޖްކުރުމަށާއި އަދި މަގުތަކާއި އާންމު ސަރަހައްދުތަކަށް ކުނި ބުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް ހުރިހާ ފަރާތްތަކަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް