ads
"ވިޒިޓް މޯލްޑިވްސް ވީކް" ރަޝިޔާގައި ފަށައިފި
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މި އަހަރުގެ ފުރަތަމަ "ވިޒިޓް މޯލްޑިވްސް ވީކް" ރަޝިޔާގައި ފަށައިފިއެވެ.
Advertisement

މި ހަފުތާގެ މުއްދަތަށް ކުރިއަށްދާ ހަރަކާތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 21 ކުންފުންޏަކުން 15 މަންދޫބުން ބައިވެރިވެއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ހަރަކާތްތައް ކުރިއަށް ގެންދާނީ ރަޝިޔާގެ ތިން މުހިންމު ސިޓީއެއްގައި ކަމަށެވެ. އެގޮތުން ފެބްރުއަރީ 3 ގައި ސެއިންޓް ޕީޓާސްބާގް، ފެބްރުއަރީ 5 ގައި މޮސްކޯ އަދި ފެބްރުއަރީ 7 ގައި ޓިއުމިންގައި ރޯޑްޝޯތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގެ ތެރޭގައި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އިންޓަރެކްޓިވް ފޮޓޯ ޒޯނެއްގެ އިތުރުން ސަގާފީ ހަރަކާތްތަކެއް ހިމެނެއެވެ. މޮސްކޯގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ސެއިންޓް ޕީޓާސްބާގްގައި ކެނަރީފް ރިސޯޓުން ސްޕޮންސާކުރާ ދެ މީހުންގެ ހޮލިޑޭ ޕެކޭޖެއް އެހެން ފަރާތަކަށް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ނިމުނު 2024 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރެއިން ދެވަނައިގައި ރަޝިޔާ އޮތުމާއެކު، އެ މާކެޓަށް އަމާޒުކޮށް ވެބިނާތަކާއި، ޓުއާ އޮޕަރޭޓަރުންނާއެކު ކެމްޕެއިންތަކާއި، މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރުތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް