ads
އީސީގެ މެމްބަރުން
އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުންވައްދަން މިމަހު 15 ވަނަ ދުވަހު އަލުން ހުޅުވާލާނެ
މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގެ މަސައްކަތް ފަށަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
Advertisement

ދައުލަތުގެ މީޑިއާ މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މިހާރު ކަރުދާސް ފޯމު މެދުވެރިކޮށް މީހުން ވައްދާ އުސޫލު ބަދަލުކޮށް، އީފާސް މެދުވެރިކޮށް މި ހިދުމަތް ދިނުމަށް ނިންމާފައިވަނީ މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމަށެވެ.

އާ ނިޒާމުގެ ދަށުން ކޮންމެ މީހަކަށްވެސް ޕާޓީއަކަށް ވަދެވޭނީ އެމީހެއްގެ އަމިއްލަ އީފާސް އެކައުންޓު މެދުވެރިކޮށް ކަމަށާއި، މިގޮތަށް ފޯމު ހުށަހެޅުމުން އެކަން ޕާޓީއަށް އެންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.. އަދި ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ނުވާނަމަ، ޕާޓީން އެ މެމްބަރަކު ގަބޫލުކުރުމުން އެކަން ނިމޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ވަނީ ކަރުދާސް ފޯމު މެދުވެރިކޮށް ޕާޓީތަކަށް މެމްބަރުން ވެއްދުން ހުއްޓާލާފައެވެ. އަދި މިހާރު ކުރިއަށްދަނީ އާ ނިޒާމު ޓެސްޓުކުރުމުގެ މަސައްކަތް ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން ވަގުތީގޮތުން މެދުކަނޑާލީ ޕީއެންސީއަށް އޮޅުވާލައިގެން ގިނައަދަދެއްގެ މެންބަރުން ވެއްދިކަމަށް އިދިކޮޅުން ތުހުމަތުކޮށްފައި އޮއްވައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މި މައްސަލައިގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުވެސް ނެރި އެ ދަފްތަރަށް ޝަކުވާ ހުށަހަޅަންވެސް އިލްތިމާސްކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް