މިއަދު އެމްޑީޕީން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، މި މަގާމަށް ކުރިމަތިލި އަނެއް ކެންޑިޑޭޓް ސަލީމް ހުސެއިން ނަން އަނބުރާ ގެންދިއުމާ ގުޅިގެން އިލްހާމް ވަނީ އިންތިހާބަކާ ނުލައި ހޮވިފައެވެ.
އިލްހާމް އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގައެވެ. އޭރު އޭނާ ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައި، ސެޕްޓެމްބަރު 21، 2023 ގައި އެމްޑީޕީގައި ސޮއިކުރައްވާފައެވެ. އޭގެ ކުރިން އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއީދުކުރައްވާފައެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ އިލްހާމް ވަނީ ދެ ދައުރެއްގައި މަޖިލިސް މެންބަރުކަން ކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ އެކި ޕާޓީތަކުގެ އިސް މަގާމުތައް ފުރުއްވައި، އެފްއޭއެމްގެ ރައީސްކަމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުކަން ވެސް ކުރައްވާފައެވެ.