ads
ހޯމް މިނިސްޓރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ އަދި އެންޑީއޭގެ ޗެެއާ ޕާސަން
ޑްރަގްގެ ފަރުވާއަށް ނުވެއްދި ދެން ބާކީ 150 މީހުން: ލުބުނާ
ސަރުކާރާއި ހަވާލުވިއިރު 700 އަށް ވުރެ ގިނަ މީހުން ޑްރަގް ފަރުވާއަށް ހުކުމްކޮށްފައި ތިބި ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 150 އަށް ތިރި ކުރެވިއްޖެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ ފަރުވާއަށް ނުވެއްދި މިހާރު ބާކީ ތިބީ 150 މީހުން ކަމަށާއި އެ މީހުން ފަރުވާގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.

އެންޑީއޭގެ ޗެއާޕާސަން ލުބުނާ ވިދާޅުވީ ކޯޓުން ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ މީހުންގެ މައްޗަށް ހުކުމް ކުރަމުންދާ ނަމަވެސް ހުކުމްކުރާ ވަރަށް އަދި އެންޑީއޭގެ ފަރުވާގެ ނިޒާމު ފޯރުކޮށްދޭ ސެންޓަރުތައް އެހާ ބޮޑެއް ނޫންކަމަށެވެ. އެހެންނަމަވެސް ހުކުމް ކުރާ ސްޕީޑުގައި އެންޑީއޭއިން މީހުން ފަރުވާއަށް ނުވެއްދުނު ނަމަވެސް ވަރަށް އަވަސް އަވަހަށް ފަރުވާއަށް މީހުން ވެއްދުމުގެ ގޮތުން އެ އެޖެންސީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ލުބުނާ ވިދާޅުވިއެވެ.

ފަރުވާއަށް މީހުން ވެއްދުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެންޑީއޭގެ ހާއްސަ ޓާސްކް ފޯހެއް އުފައްދަވާފައިވާ ކަމަށާއި އަދި އެ މަސައްކަތްތައް ދެން ކުރިއަށްގެންދާނީ އެ ޓާސްކް ފޯހުން ކަމަށް ލުބުނާ ފާހަގަކުރެއްވިއެވެ.

ލުބުނާ ވަނީ ރިމާންޑް އޮޕަރޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ލުބްނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ.

"މިހުރިހާ މީހުންނަކީ މާލޭގެ މަގުތަކުން އަދި ގޭގެއިންނާއި އެހެން ރަށްރަށުން ނަގާފަ ތިބި މީހުން. ކުރިން ގްރޭޓަ މާލެ އޭރިއާއަށް ފޯކަސް ކުރިނަމަވެސް މިހާރު އަޅުގަނޑުމެން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ތިބި މީހުން އެބަ ނަގަން. ރިމާންޑަށް ނެގީމަ އޯވާޑޯޒްވާ އަދަދު އެބަ މަދުކުރެވޭ" އެންޑީއޭގެ ޗެއާ ޕާސަން ލުބުނާ ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ހާއްސަ އޮޕަރޭޝަނެއް އެންޑީއޭއާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ވަނަ ދުވަހު ފަށާފައެވެ.

މި އޮޕަރޭޝަން ނިންމާލާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައިނުވާއިރު، މި އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދެވޭނެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް