ads
ޑރ. އަބްދުއްލާ ނަޒީރު
ބިދޭސީންގެ ހިދުމަތުގެ އަގު ވަޒަން: ސްޓޭޓް މިނިސްޓަރު ނަޒީރު
ދިވެހިރާއްޖޭގެ އިގްތިސާދަށް ބިދޭސީން ކުރާ ހިދުމަތުގެ އަގު ވަޒަންކުރައްވާކަމަށް، އޭޝިޔާ-ޕެސިފިކް ސަރަހައްދުގެ ކޮމްޕެކްޓް ރީޖަނަލް ރިވިއުގައި ވާހަކަފުޅު ދައްކަވަމުން، މަތީ ތައުލީމާއި މަސައްކަތްތެރިކަމުގެ ހުނަރުތައް ތަރައްގީ ކުރުމާބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްލާ ނަޒީރު ވުދާޅުވެއްޖެއެވެ.
Advertisement

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވަމުން، ޑރ. ނަޒީރު ވިދާޅުވީ ރާއްޖޭގެ މުޖުތަމައުއަށް ބިދޭސީން ކުރާ ހިދުމަތަކީ އަގުހުރި ހިދުމަތެއް ކަމަށެވެ. އަދި ރައްކާތެރި އަދި ހަރުދަނާ މައިގްރޭޝަން ނިޒާމެއް ގާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ސަރަހައްދުގެ މެމްބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގްރޭޝަން ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކުރާނެ ކަންކަން ދެނެގަނެވުނެވެ. މި ބައްދަލުވުމުގައި ޑރ. ނަޒީރުގެ އިތުރުން ރެޖިސްޓްރާ އޮފް ޔުނިއަންސް އާމިނަތު ޝާނީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް