ads
މާލޭ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭއްވިި ބައްދަލުވުން
މާލޭ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަޝްވަރާކޮށްފި
މާލެގެ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާގުޅޭ މަޝްވަރާ ބައްދަލުވުމެއް މާލެ ސިޓީ ކައުންސިލާއި މަދަނީ ޖަމްއިއްޔާތަކާއި އެކު ބާއްވައިފިއެވެ.
Advertisement

މި ބައްދަލުވުމުގައި މާލޭގެ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ޓަކައި ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. މީގެ ތެރޭގައި، ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭގޮތުން މީހުން ހޭލުންތެރިކަން އިތުރު ކުރުމާއި، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ވަސީލަތްތަކާއި މަރުކަޒުތައް ގާއިމްކޮށްދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި މާލެ ސިޓީ ކައުންސިލާއި މަދަނީ ޖަމްއިއްޔާތަކުން މިކަމުގައި އެހީތެރިކަން ދެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފަކަން އެ ކައުންސިލުން މައުލޫމާތު ދެއެވެ.

މިކަމަށް އަލި އަޅުވައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ވިދާޅުވީ، މަދަނީ މުޖުތަމައު ބާރުގަދަ ކުރެވިގެން މެނުވީ ގައުމެއް ކުރިއަރާ ނުދާނެ ކަމާށެވެ. އަދި  ހުށަހެޅުނު ހިޔާލުތަކާއި ހައްލުތަކަކީ ވަރަށް މުހިންމު އަދި އަމަލީގޮތުން ތަންފީޒުކުރެވޭނެ ކަންތައްތަކެއްކަމަށް މޭޔަރު އާޒިމް ފާހަގކުރެއްވިއެވެ. އެހެންކަމުން އެކަންކަމުގެ ޕްލޭނެއް އެކުލަވާލައި އެކަންކަމަށް މަގު ފަހި ކޮށްދެވޭނެ އުސޫލްތަކެއް ކައުންސިލުން ތަންފީޒްކޮށްދެއްވާނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

އިއްޔެ މާލެ ސިޓީ ކައުންސިލްގައި ބޭއްވި މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު، އާދަމް އާޒިމް އާއި ބައެއް ކައުންސިލަރުންނާއި، މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން މެންޓަލް ހެލްތް ޕިއާ ސަޕޯޓް ގްރޫޕާއި ޖާނީ އެންޖީއޯ،ސޮސައިޓީ ފޯ އެވެއަނެސް ފޯސްޓަރިން އެންޑް އެންލައިޓްމަންޓް (ސޭފް)، މޯލްޑިވްސް ނާސަސް އެސޯސިއޭޝަން އާއި ދަ ވައިބް އެންޖީއޯ ގެ އިތުރުން ހޯޕް ފޯ ވިމެން ބައިވެރިވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް