ads
ދިރާގު ރޯޑް ރޭސް 2024ގައި ބައިވެރިވެ ދުވަމުން ދަނިކޮން ހާޓް އެޓޭކެއްޖެހި ވެއްޓުނު އަލީ އުމަރުމަނިކު (އޮރެގާނޯ އައްޔަ)
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު)ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

ދިރާގު ރޯޑް ރޭސް މި ފަހަރު ބާއްވަނީ ފުވައްމުލަކު ސިޓީގައި ކަމަށްވާއިރު މިއީ، އެ ސިޓީގައި މި ރޭސް ބާއްވާ ފުރަތަމަ ފަހަރެވެ. 

ދިރާގުން މިއަދު ބޭއްވި ޕޮރެސް ކޮންފެރެންސްގައި ބުނީ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބާއްވާ މި ތާރީހީ ދުވުން ބާއްވަން ހަމަޖެހިފައިވަނީ މޭ މަހުގެ ދެވަނަ ދުވަހު ކަމަށެވެ.

ދިރާގުން ބުނީ މި ރޭސް ފުވައްމުލައް ސިޓީގައި ބޭއްވި ނަމަވެސް އޮކްޓޯބަރު 24ގައި ހުޅުމާލޭގައި ވެސް ބާއްވާނެ ކަމަށެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސްއިން ދޭން ހަމަޖެހިފައިވާ އިނާމުތައް:

ހާފް މެރަތަން (18 އަހަރުން މަތި)

  • އެއްވަނައަށް - 25،000 ރުފިޔާ
  • ދެވަނައަށް - 15،000ރުފިޔާ
  • ތިންވަނައަށް- 10،000ރުފިޔާ

10 ކިލޯމީޓަރުގެ ދުވުން (16 އަހަރުން މަތި)

  • އެއްވަނައަށް 10،000 ރުފިޔާ
  • ދެވަނައަށް - 8،000 ރުފިޔާ
  • ތިންވަނައަށް- 6،000 ރުފިޔާ

ފަސް ކިލޯމީޓަރުގެ ދުވުން

  • އެއްވަނައަށް - 10،000 ރުފިޔާ
  • ދެވަނައަށް - 8،000 ރުފިޔާ
  • ތިންވަނައަށް - 6،000 ރުފިޔާ

ފަސް ކިލޯމީޓަރު (13 އަހަރުން ދަށް)

  • އެއްވަނައަށް 5،000 ރުފިޔާ
  • ދެވަނައަށް -3،000ރުފިޔާ
  • ތިންވަނައަށް 1،000ރުފިޔާ

ފަސް ކިލޯމީޓަރު (13 އަހަރުން މަތި)

  • އެއްވަނައަށް 5،000 ރުފިޔާ
  • ދެވަނައަށް -3،000ރުފިޔާ
  • ތިންވަނައަށް 1000ރުފިޔާ

ދިރާގުން ބުނީ ފުވައްމުލަކުގެ ދުވުން ވެސް ކުރިއަށްގެންދާނީ އެހެން ދުވުންތަކާ އެއްގޮތަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށެވެ. އެގޮތުން މިހާރު ހުޅުމާލޭގައި އޮންނަނީ ބައިނަލްއަގުވާމީ ގޮތުން ސެޓިފައި ކޮށްފައިވާ ރޫޓެއްކަމަށާއި އެފަދަ ދެވަނަ ރޫޓަކަށް ވާނީ ފުވައްމުލަކު ސިޓީގައި އޮންނަ ރޫޓްކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ މި ރޭހުގެ ތައްޔާރީތައް މިދިޔަ އަހަރުގެ ކުރީކޮޅުން ފަށައިފައިވާ ކަމަށެވެ. އަދި މި ރޭހުގެ މަގުސަދަކީ، އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާއިރު ބައިވެރިންނަށް ރަނގަޅު ތަޖުރިބާއެއް ދިނުންކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން ފުވައްމުލަކަކީ ދުވުންތެރިންނަށް ވަރަށް ހިތްގައިމު މަންޒިލަކަށް ވާނެ ކަމަށާއި މި ދުވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ބައިވެރިން ދާނެ ކަމުގެ އުއްމީދު އޮތް ކަމަށް ވެސް ވަނީ ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީއެމްއެމްއާރު ފުޅާ ކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށާއި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސް ނަގައިގެން ކުރަމުން އަންނަ ބުރަ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މިރޭހުގައި ބައިވެރިވެވޭނީ ދިރާގުގެ ވެބްސައިޓް މެދުވެރިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް