ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީއެންސީގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި، ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު ޝާހިދު އަދި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު ބައިވެރިވިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މާދަމާ ފެށޭ މަޖިލީހުގެ އާ ދައުރުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުންނެވެ.
މާދަމާ ހެނދުނު 9:00 ގައި ބޭއްވޭ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. އަދި މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިސް ރައީސް އަބްދުއްރަހީމެވެ.
މާދަމާ ރައީސް މުއިއްޒު ބަޔާން އިއްވަވާއިރު، މަޖިލީހުގެ ރައީސްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.