ads
ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރު މަތީތައުލީމަށް 1.26 ބިލިއަން ރުފިޔާގެ މާލީ އެހީ ދެވުނު
މިދިޔަ އަހަރު ތެރޭ ދަރިވަރުންގެ މަތީތައުލީމަަށް ޖުމްލަ 1.26 ބިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ހުޅުވާދެއްވުމަށް އިއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ ދަރިވަރުން ތަފާތު އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިކުރުމަކީ އަދި އެ ދަރިވަރުންގެ އިލްމީ ފައިދާ ދިވެހި ގައުމަށް ލިބުމަކީ ވަރަށް މުހިންމުކަމެއް ކަަމަށެވެ. އެހެންކަމުމާއެކު ދިވެހި ކިޔަވާކުދީންގެ ތައުލީމަށް ހުރިހައި އުމުރުފުރާއެއްގައި ވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އެ ގޮތުން ފާއިތުވި އަހަރު ޖުމުލަ 15300 އަށްވުރެގިނަ ދަރިވަރުންގެ މަތީ ތައުލީމު ހާސިލުކުރުމަށް 1.26 ބިލިޔަން ރުފިޔާގެ މާލީ އެހީ ދެވިފައިވޭ" ރައީސް ވިދާޅުވިއެވެ.

ގައުމުގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރު މުއްދަތުގެ ތަމްރީނުތަކަށް 1000 ފުރުސަތު ދެވިފައިވާކަން ރައީސް އިއްވި ރިޔާސި ބަޔާނުގައި ފާހަކުރެއްވިއެވެ.

އޭގެއިތުރުން މިދިޔަ އަހަރު ތެރޭ 640 އަށްވުރެ ގިނަ ސްކޮލަޝިޕް ފުރުސަތު ފަހިކޮށްދެވިފައިވާއިރު ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި ގައުމީ ފެންވަރުގެ ރިސަޗް ގްރާންޓް ފަންޑެއް ގާއިމްކުރެވިފައިވާކަމަަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިރާސާއާއި މަތީ ތައުލީމަށް ފަހިކުރުމަށް ޓަކައި ހުޅުވާލެވިފައިވާ އެ ފަދަ ފުރުސަތުތަކުގެ ތެރޭގައި ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ އިރު ދަރިވަރުންނަށް ދިމާވާ ޑޮލަރު ލިބުމުގެ ދަތިކަމަށް ގެނެވުނު ހައްލުވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭން ބޭރުގައި ތިބޭ ދަރިވަރުންގެ ކާޑު ލިމިޓު އިތުރުކުރުން އެއީ  ރިޔާސީ ވައުދެއްކަމަށް ވުމާއެކު މިހާރު ވަނީ ކާޑު ލިމިޓު 1200 އެމެރިކާ ޑޮލަރަށް އިތުރުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް