އެމނަކުފާނު މިހެން ވިދާޅުވީ މިއަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރު ހުޅުވާދެއްވާ އިއްވި ރިޔާސީ ބަޔާނުގައެވެ.
ސިއްހީ ދާއިރާއަށް މިދިޔަ އަހަރު ގެނެވުނު އިތުރު ކުރިއެރުންތަކުގެ ތެރޭގައި، ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރެވި ނޮވެމްބަރު 17 ގައި ހިދުމަތްދޭން ފެށުނު ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ހަމަ އެދުވަހު އައިޖީއެމްއެޗްގައި ކުޑަކުދިންނަށް ހާއްޞަ އީއާރް އެއް ހުޅުވުނުކަންވެސް ރިޔާސީ ބަޔާން އިއްވަމުން ރައީސް ފާހަގަކުރެއްވިއެވެ.
އެއަށްފަހު ރައީސް ވަނީ މިވަގުތު އައިޖީއެމްއެޗްގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލާފައެވެ.
ސިއްހީ ދާއިރާގެ ތެރެއިން ކުރިއަށް ދާނެ އިތު މަޝްރޫއުތަކަށް އަލިއަޅުއްވާލަމުން ރައީސް ވަނީ ިވިލިމާލެ ރައްޔިތުންނަށް ދިމާވެފައިވާ ހޮސްޕިޓަލުގެ ދަތިކަން ހައްލު ކުރުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވެސް މިއަހަރު ތެރޭގައި ފެށިގެންދާނެކަމަށް ފާހަގަކޮށްފައެވެ.