ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، މަސްތުވާތަކެތި އަދި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިއީ އެންމެ ފަހުން ނިންމި ނިންމުމެއް ކަމަށެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށް ކަނޑު އުޅަނދުފަހަރުގައި ވެސެލް ޓްރެކިންގ ޑިވައިސް ހަރުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށާއި، އަދި ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތައް ގާއިމުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ގާނޫނީ އޮނިގަނޑު ވަރުގަދަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައިވާ ކަމަށާއި، މި ބިލުގެ ސަބަބުން ގޭންގު ހަރަކާތްތަކާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އިތުރު ބާރު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.