މިގޮތުން ހާދިސާ ހިނގީ އެ ގޭގައި ގިނަ ދުވަސްވަންދެން އެއްވެފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 6:35 ގައެވެ. އަދި ވަގުތުން ސިފައިންގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިގަތެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފަޅުގެއެއްގެ ގޮތުގައި ހުރި މި ގޭގައި ރޯވި އަލިފާން މުޅިން ނިއްވާލެވުނީ ހެނދުނު 7:47 ގައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ.