މިއަދު ހެނދުނު 6:35 އެހާކަންހާއިރު ހައުސް ޕްލާޒާގައި ރޯވި އަލިފަނގަޑު މާގިނައިރުތަކެއް ނުވަނީސް ވަނީ ނިންވާލާފައެވެ. އެމްއެންޑީއެފުން ބުނީ ރޯވީ އެ ގޭގައި ހުރި ކުނިތަކެއްގައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ މ.ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 2 ގެއަކުން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފައިވާކަމަށެވެ. އޭގެތެރޭގައި 20 ބިދޭސީން ހިމެނޭކަމްށްވެސް އެންޑީއެމްއޭއިން ބުނެއެވެ.
ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދިނީ ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާއި ގުޅިގެން އެކަން މަރާމާތުކުރެވެންދެންކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
އަލިފާނުގެ ހާދިސާ ހިނގި މ. ހައުސް ޕްލާޒާ ތަޅާލަން ސަރުކާރުން ނިންމާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.