ads
އިލެކްޝަނަށް ކޮމިޝަނަށް ގެ ރައީސްކަމަށް ޒާހިދު ނައިބަކަށް ސަލާހް އައްޔަންކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައި
އީސީގެ ރައީސަކަށް ޒާހިދު، އައްޔަންކުރަން ރައީސް އެދިވަޑައިގެންފި
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް އެކޮމިޝަންގެ މެމްބަރު މުހައްމަދު ޒާހިދު އައްޔަންކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެން އެ މައްސަލަ މަޖިލިހަށް ފޮނުއްވައިފިއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީގައި ވަނީ އީސީގެ ރައީސްކަމަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސްކަމަށް އަބްދުއްރަޙްމާން ސަލާހް ރަޝީދު އައްޔަންކޮށްދިނުމަށް މަޖިލހަށް ހުށައަޅާ ފާސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. 

އެޗްއާރުސީއެމްގެ ކުރީގެ މެމްބަރުކަން ކުރެއްވި މުހައްމަދު ޒާހިދާއި ހޯމް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަބްދުރަހުމާން ސޮލާހު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އެ ދެ ބޭފުޅުން ކޮމިޝަން އައްޔަންކުރީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތާއި މެމްބަރު މުހައްމަދު އާސިފުގެ މައްޗަށް މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމުންނެވެ. އެ ދެ މެމްބަރުންގެ މައްޗަށް ކުރީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ގާނޫނާ ހިލާފު އެތައް ކަމެއް ކުރިކަމުގެ ބޮޑެތި ތުހުމަތުކޮށެވެ.  

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަދި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ބަދަލާއި އެކު ކޮމިޝަންތަކުގެ ރައީސް އާއި ނައިބު ރައީސް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު ކޮމިޝަން މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ނަން ރައީސް މަޖިލިހަށް ފޮނުވަންޖެހެއެވެ. އަދި އެ މަގާމަށް އައްޔަންކުރާނީ ރައީސް ފޮނުވާ ނަން މަޖިލީހުން ފާސްކުރުމުންކަމަށް އެ އިސްލާހުގައިވެއެވެ.    

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް